އަފީފުއްދީން ސްކޫލް ގާލްގައިޑް ކުދިން ހުވާކޮށް ލިޓުލް މެއިޑް ކުދިންނަށް ގޯލްޑަންބާރ، ގޯލްޑެން ލެޑަރ، ގޯލްޑެން ހޭންޑް އަދި ޕްލައިން އަޕް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
ރޭ އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ގައިޑުންނަށް ހުވާކޮށްދެއްވީ ގައިޑް ލީޑަރ ފިރާޝާ މުހައްމަދެވެ.
ލިޓިލްމެއިޑް ކުދިންނަށް ގޯލްޑަން ލެޑާރ އަދި ފުލައިން އަޕް ހަވާލުކޮށްދެއްވީ ރަސްމިއްޔަތުގެ ޝަރަފުވެރި މެހެމާން ހދ ފެމެލީ އެންޑް ޗިލްޑެން ޝަރވިސް ސެންޓަރގެ މެނޭޖާރ އަލްފާޟިލާ ވަސީމާ މުހައްމަދެވެ.
ލިޓިލް މެއިޑުތަކެއް ރޭ ގެ ރަސްމިއްޔާތުގެ ތެރެއިން–
ގޯލްޑެން ބާރ ހަވާލުކޮށްދެއްވީ އަފީފުއްދީން ސްކޫލް ޕްރިންސިޕަލް ނާސިހާ އިދުރީސް އެވެ. އަދި ގޯލްޑެން ހޭންޑް ދަރިވަރުންނާއި ހަވާލުކޮށްދެއްވީ ގައިޑް ލީޑާރ ފިރާޝާ މުހައްމަދެވެ.
މިޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ވަސީމާ ވިދާޅުވީ ގާލްގައިޑް އަދި ލިޑިލް މެއިޑް ކުދިންނަކީ ސްކޫލްގެ އެހެން ކުދިންނަށް ނަމޫނާ ދައްކަން ތިބޭ ކުދިންކަމަށާއި އެކުދިންވާންވާނީ ސްކޫލާއި އެކުދިންގެ މައިންބަފައިން ފަހުރުވެރިހާ ކުދިންނަށް ކަމަށެވެ. އަދި ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަމަށާއި މައިންބަފައިން މަސައްކަތް ކުރަންވާނީ އެކުދިންގެ ފެންވަރުން އެކުދިންނަށް ކުރިއެރުން ހޯދައި ދިނުމަށް ކަމަށް ކަމަށެވެ.
ހދ ފެމެލީ އެންޑް ޗިއުރަންސާވިސްގެ މެނޭޖަރު ވަސީމާ އަދި ޕްރިންސިޕަލް ނާސިހާ–
މިޖަލްސާގައި އެސްކޫލުގެ މުވައްޒަފުންނާއި ބެލެނިވެރިން ބައިވެރިވެލެއްވި އެވެ.