ޓްރިވަންޑްރަމް އާއި ކޮލަންބޯގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބްގައި ވޯޓުލުމަށް ބެނުންވާ ފަރާތްތަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފި އެވެ.
ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފާ ވަނީ 14 ނޮވެންބަރ 2016 ވާ ހޯމަ ދުވަހުން ފެށިގެން 21 ނޮވެންބަރ 2016 ވާ ހޯމަ ދުވަހުގެ ނިޔަލަށް ޓްރިވަންޑްރަމް އާއި ކޮލަންބޯގައި ހުންނަ ދިވެހިރާއްޖޭގެ އެންބްސީއިން ނެވެ.
ފޯމް ބަލައިގަތުމުގެ އިމްތިޒާމް ހަމަޖެހިފައިވަނީ ވެސް ޓްރިވަންޑްރަމް އާއި ކޮލަންބޯގައި ހުންނަ ދިވެހިރާއްޖޭގެ އެންބްސީއިން ނެވެ. އަދި އާދިއްތަ ދުވަސް ފިޔަވާ ކޮންމެ ދުވަހަމު ހެނދުނު 9:30 އިން ހަވީރު 04:00 ހުޅުވިފައި ހުންނާނެ ކަމަށާއި އާދިއްތަ ދުވަހު ފޯމް ބަަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު 12:00 އިން ހަވީރު 05:00 ކަމަށް އިލެކްސަން ކޮމިޝަންގެ އިދާރާއިން ބުނެފައި ވެއެވެ.
އަދި ފޯމް ހުށައަޅާއިރު ފޯމު ހުށައަޅަން އަންނަ މީހާގެ އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ އަސްލު ހުށައަޅަންވާނެ ކަމަށާއި ރަޖިސްޓްރީ ވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށައަޅަންވާނެ އެވެ.