twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބައިގަނޑުގަނޑަށް އިރުވާހޫދު ރާއްޖެއަށް ޒިޔާރަތްކުރަނީ

Nov 14, 2016

ރާއްޖެގެ އެކި ހިސާބުތަކަށް ބައިގަނޑު ހަދައިގެން ގިނަ އަދަދެއްގެ އިރުވާހޫދު ޒިޔާރަތްކުރަމުން އެބަދެ އެވެ.

ކޮންމެ އަހަރެއްގެ ވެސް ދެ މޫސުމް ބައްދަލުވާ ދުވަސްވަރު އިރުވާހޫދު އާއި މޫސުމީ ގިނަ އަދަދެއްގެ ދޫނި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކުރެ އެވެ. އެކަމަކު މިދުވަސްކޮޅު ރާއްޖޭގެ ރަށްތަކަށް އަންނަނީ އިރުވާހޫދެވެ.

މިއަދުވެސް ކުޅުދުއްފުށީގެ ސްޓޭޑިމްގެ ދަނޑު ސަރަހައްދުގައި ބައިގަނޑު ހަދައިގެން 40 ހިރުވާހޫދު ތިއްބެވެ. އަދި ހުސްކޮށް ހުންނަ ބިންތަކުގައިވެސް ގިނަ އަދަދަކަށް އިރުވާހުދު އެބައުޅެ އެވެ.

ކުޅުދުއްފުށީ ސްޓޭޑިއަމްގައި މިއަދު ތިބި އިރުވާހޫދު ބައިގަނޑެއް–

 

ހަނިމާދޫ އެއާޕޯޓްގެ ރަންވޭމަތީގައި އާއި އެއާޕޯޓް ސަރަހައްދުގެ ހުސްބިމުގެ އިތުރުން އެރަށު ރަސްމީ ދަނޑަށްވެސް މިދުވަސްވަރު ގިނަ އަދަދަށް އިރުވާހޫދު ދަނީ ޒިޔާރާތްކުރަމުންނެވެ.

ރަށްރަށުގެ ހުސްބިންތަކަށާއި ދަނޑުވެރިންކަން ކުރާ ސަރަހައްދުތަކަކަށް އިރުވާހޫދު ދަނީ ޒިޔާރާތްކުރަމުންނެވެ.

ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި ގެންގުޅުމާބެހޭ ގަވާއިދުގެ ދަށުން ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ އެއްވެސް ބާވަތެއް ހިފައިނަމަ 501 ރުފިޔާ އާއި 50000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެފަރާތެއް ޖޫރިމަނާކުރެވޭނެ އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ މީގެ ކުރިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހިޖުރަކުރާ ދޫނިތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި ގެންގުޅުމާބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތަކެއް ކަމަށެވެ. އަދި ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާ ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު އަދި ރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި ގެންގުޅުމާބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ކުޅުދުއްފުށީ ސްޓޭޑިއަމްގައި މިއަދު ތިބި އިރުވާހޫދު ބައިގަނޑެއް–

 

އިރުވާހޫދަކީ މިގާނޫނުގެ ދަށުން ހިމާޔާތްކޮށްފައިވާ ދޫނީގެ ބާވަތެކެވެ. އެހެން ނަމަވެސް މިފަދަ ދޫނިތައް ހިފާ އޭގެ ވިޔަފާރިކުރުމާއި ކޮށި ފަދަ އެއްޗެހީގެ ބަންދުކޮށްގެން ގެންގުޅުމަކީ ވަރަށް އާއްމުކަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355