ބަންގްލަދޭޝްއަށް ގުޅާލެވޭ އެންމެ ހެޔޮއަގު އުރީދޫ އިން ތައާރަފުކޮށްފި އެވެ.
މި ހާއްސަ އޮފަރ ބޭނުން ކުރެއްވުމަށް 011 + 880 + ފޯން ނަންބަރު ޖެއްސެވުމުން ފަސޭހަކަމާއިއެކު ބަންގްލަދޭޝްގައިވާ އާއިލާގެ މެމްބަރުންނަށާއި ރައްޓެހިންނަށް ވަރަށް ހެޔޮ އަގުގައި ގުޅާލެވޭނެ އެވެ.
އުރީދޫގެ ހުރިހާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހުޅުވާލެވިފައިވާ މި ޕްރޮމޯޝަން ބޭނުން ކުރައްވައިގެން ކުރައްވާ ކޯލްތަކަށް އެންމެ ފުރަތަމަ މިނެޓަށްފަހު ޗާރޖް ކުރެވޭނީ އެންމެ 0.69ރ. ގެ ރޭޓުންނެވެ. ކޯލްގެ އެންމެ ފުރަތަމަ މިނެޓަށް ޗާރޖް ކުރެވޭނީ 0.84ރ. ގެ ރޭޓުންނެވެ.
މި އޮފާ ކުރިއަށް ދާނީ މި ނޮވެމްބަރ މަހުގެ ނިޔަލަށެވެ.