ކުޅުދުއްފުށީ އުތުރު ބަނދަރު ތެރެއަށް ރެހި އައިނެއް ވަދެ ގިނަ ބަޔަކު ރެހި ހިފުމުގައި އަވަދިނެތި އުޅެންމުން އެބަދެ އެވެ.
ބަންދަރު ތެރެއަށް ރެހި އައިނެއް ވަދެފައިވަނީ މި ހަފްތާގެ އާދިއްތަ ދުވަހު ހަވީރު އެވެ. އެދުވަހުގެ އިރުއްއޮއްސުމާއި ރޭގަނޑުގެ 11 ޖަހަންދެން ގިނަ ބަޔަކު ވަނީ ދާ އަޅައިގެން އެތަނުން ރެހި ހިފައިފަ އެވެ.
” މަސްވެރިޔަކު ދާ އަޅާފައި ރެހިތައް ހިފާ އެތަނަށް އަންނަ މީހަކަށް ވިއްޔާ ބެހި. ބައެއް މީހުން ގޯނި، ޓައްޕު ފަދަ އެއްޗެހީގައި ވެސް ރެހި ގެންދިޔަ” އެވަގުތު އެތަނުގައި ރެހި ހިފަން އުޅުން މީހަކު ބުންޏެވެ.
ރޭ ވެސް އިރުއޮއްސުމާއި އެކު ގިނަ ބަޔަކު ވަނީ ބަނދަރުން ރެހި ހިފާފަ އެވެ. މިހާރުވެސް ބަންދަރު ފަޅުތެރޭގައި ގިނަ އަދަދަކަށް ރެހި ފެންނަމުންދާއިރު އެއްޗެހި މައްޗަށް އަރަނީ ރޭގަނޑުވުމުންނެވެ. ދެ މޫސުން ބައްދަލުވާ ދުވަސް ވަރު ރާއްޖޭގެ ބައެއް ރަށްރަށުގެ ފަޅުތެރެއަށް ރިންމަހާއި މުށި މަސް، ރެހި އައިން ވަދެ އެވެ.