twitterviber whatsapp telegramfacebookyoutube instagram
21st May 2025

ކުޅުދުއްފުށީ މަގު ހެދުން – 2 މަގުގައި އޮޅުލާތާ 1 މަސް

Nov 16, 2016

ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް 3 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ފެށީ މިދިޔަ ސެޕްޓެމްބަރުމަހުގެ 20 ގަ އެވެ. އަދި ހޮޅިތައް ވަޅުލާ ކާނުތައް ބެހެއްޓުނީ ބަންޑާރަމަގުގަ އެކަންޏެވެ. ބަންޑާރަމަގު ނިންމާ މިހާރު ބަރަވެލި ސްޕީޑްގައި މަސައްކަތް ކުރިއަށްދަނީ މަގާންމަގުގަ އެވެ.

ކުޅުދުއްފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު ފުރަތަމަ ފަށާފައިވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގެ އެވެ. އެއަށްފަހު ރައީސް ވަހީދުގެ ވެރިކަމުގައި އަމީނީމަގުގައި ތާރުއަޅައި ނިންމާ ބަންޑާރަމުގެ ހެދުމުގެ އަމަލީ މަސައްކަތް ފެއްޓެވި އެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް ދަނީ ވަރަށްވެސް ލަސްލަހުންނެވެ.

މަގުތައް އަލުން ހެދުމަށް ސެޕްޓެމްބަރުމަހު ފަށައިގެން ކުރިއަށްދާއިރު އަމަލީ މަސައްކަތުގައި ހަރަކާތެރިވަނީ އެންމެ 15 ވަރަކަށް ބިދޭސީނެވެ.

އެމްއާރުޑީސީގެ އޮފިޝަލަކު ވިދާޅުވީ ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް މަޑުމަޑުންދަނީ އެކަށީގެންވާ މުވައްޒަފުން ނެތީމަ އާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ނެތުމުން ކަމަށެވެ. މަސައްކަތް ހަލުވިކޮށް އަވަހަށް ނިންމުމަށް މަސައްކަތެއް ކުރަމުންދާކަމަށް އޮފިޝަލް ވިދާޅުވި އެވެ.

54 މިލިއަން ރުފިޔާ ހަރަދުކޮށް ކުޅުދުއްފުށިގެ 17 މަގެއް ހެދުމުގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށްދާއިރު މަގު ހަދައި ނިމޭނެ ދުވަހެއްގެ އިންތިޒާރު ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355