twitterviber whatsapp telegramfacebookyoutube instagram
21st May 2025

ޖަލާލުއްދީން ސްކޫލް ސާނަވީ ދަސްވެނިވުން ބާއްވައިފި

Nov 17, 2016

ޖަލާލުއްދީން ސްކޫލުގެ ސާނަވީ ނިންމި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި އެވެ. ދަސްވެނިވުމުގެ އިތުރުން 2015 އަދި 2016ގެ ޑިސިޕްލިން އެވޯޑް ހާސިލްކުރި ދަރިވަރުންނަށް އެވޯޑްވެސް ދީފައިވެ އެވެ.

ޖަލާލުއްދީން ސްކޫލްގެ ހޯލްގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތު ޝަރަވެރިކޮށްދެއްވާ ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވަލުކޮށްދެއްވީ ގައުމީ ޔުނިވަރސިޓީގެ ލެކްޗަރާ މުހައްމަދު އުމަރެވެ.

ދަސްވެނިވި ދަރިވަރުންތަކެއް–

މި ހާއްސަ ހަފުލާގައި ޖަލާލުއްދީން ސުކޫލްގެ ޕުރިންސިޕަލް މަހުދީ ޝާހިދު ވިދާޅުވީ ބެލެނިވެރިން ދަރިން ކުޑައިރު އެކުދިން އަތުގައި ހިނފައިގެން ގެންގުޅުނު ގޮތަށް، ކަންތައް ރަނގަޅައް ބަލައި އެކުދިން އުޅޭގޮތް އަދިވަސް ގާތުން ބަލަންޖެހޭނެ ކަމަށެވެ. އަދި ދަރިވަރުން މިހާރުން ފެށިގެން ދާންބޭނުންވާ މަންޒިލެއް ކަނޑައަޅައި އެކަމައިގެން ކުރިއަށް ދެވެންއޮތް އެންމެ ދުރަކަށް ގެންދިއުމަށް މަސައްކަތް ކުރުމަށެވެ.

ދަރިވަރުންނަން ޝޭޝް އާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ މި ހަފުލާގެ ޝަރަފުވެރި މެހެމާނު އެވެ. މިރޭގެ ރަސްމިއްޔާތުގައި އެސްކޫލްގެ 69 ދަރިވަރަކު ދަސްވެނިވިކަމުގެ ސެޓްފިކެޓް ހާސިލްކުރި އެވެ.

ޖަލާލުއްދީން ސްކޫލުގެ ހޯލްގައި ބޭއްވި ދަސްްވެނިވުމުގެ ޖަލްސާގެ ތެރެއިން–

2015 އަދި 2016ގެ ޑިސިޕްލިން އެވޯޑް ދަރިވަރުންނަށް ޓްރޮފީ އާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ މި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ލެކްޗަރަރ އަލީ އިސްމާއީލް އެވެ. 2015 ވަނަ އަހަރުގެ ޑިސިޕްލިން އެވޯޑް ހާސިލް ކޮށްފައި ވަނީ 25 ކުދިންނެވެ. އަދި 2016 ވަނަ އަހަރުގެ ޑިސިޕްލިން އެވޯޑް ހާސިލް ކޮށްފައިވަނީ 26 ކުދިންނެވެ.

މިރަސްމިއްޔާތުގައި ޖަލާލުއްދީން ސްކޫލުގެ އިސްވެރިންނާއި ދަރިވަރުން އަދި ބެލެނިވެރިން ވަނީ ބައިވެރިވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355