twitterviber whatsapp telegramfacebookyoutube instagram
19th July 2025

ފަސް ރުފިޔާގެ ފައިސާ ފޮތީގެ ބަދަލުގައި ކަރުދާސް ނޫޓެއް ނެރުމަށް ނިންމައިފި

Nov 19, 2016

ފަސް ރުފިޔާގެ ފައިސާ ފޮތި ނެރެން ނިންމި ނިންމުން ބަދަލުކޮށް ފަސް ރުފިޔާގެ ކަރުދާސް ނޫޓެއް ނެރުމަށް ނިންމާފައި ވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.

މިހާރު ބޭނުން ކުރަމުން އަންނަ ފަސް ރުފިޔާގެ ނޫޓް އުވާލާ އޭގެ ބަދަލުގައި ފައިސާ ފޮއްޗެއް ނެރުމަށް ކުރިން ނިންމަފައި ވީނަމަވެސް އެ ނިންމުން ބަދަލުކޮށްފައި ވަނީ ގިނަ ބަޔަކު އެކަމަށް އެދެމުން ދާތީކަމަށް ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވި އެެވެ

އަލަށް ތައާރަފްކުރާ ފަސް ރުފިޔާގެ ނޫޓަކީ ޕޮލިމާ ނޫޓެއް ކަމަށާއި އެނޫޓު އަންނަ އަހަރު ކުރީކޮޅު ނެރޭނެ ކަމަށްވެސް ގަވަރުނާ ވިދާޅުވިއެވެ. އަދި މިހާރުގެންގުޅޭ ދެ ރުފިޔާގެ ފައިސާ ފޮތީގެ ބަދަލުގައި އަލަށް ހަދާ ފައިސާފޮތި ލުއިކޮށް ވަރަށް އަވަހަށް ނެރޭނެ ކަމަށްވެސް އެމްއެމް އިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355