twitterviber whatsapp telegramfacebookyoutube instagram
21st May 2025

ކަސްޓަމްސްގެ ކުޅުދުއްފުށީ އޮފީސް އިމާރާތް ބަޖެޓްގައި ޖަހާތާ 4 އަހަރު، އަމަލީ ސިފައެއް ނާދޭ

Nov 22, 2016

އުތުރުގައި ގާއިމުކުރާ ކަސްޓަމްސް ނޯތް ރީޖަން ހެޑް އޮފީސް އިމާރާތް ކުރުމަށް ބޭނުންވާ ފައިސާ އަނެއްކާވެސް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި އެވެ. މިއީ އެ އޮފީސް އިމާރާތް ބަޖެޓްގައި ޖަހާތާ 4 ވަނަ އަހަރެވެ. އެކަމަކު އަދިވެސް އޮފީހުގެ އަމަލީ އެއްވެސް މަސައްކަތެއް ވަނީ މިހާތަނަށް ނުފެށި އެވެ.

3 ބުރިއަށް އިމާރާތްކުރާ ގޮތަށް ފަރުމާކޮށްފައިވާ މި އިމާރާތް ހެދުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައި ހުންނަ އެސްޓީއޯ ފިހާރަ ކުރިމަތީގައި އޮންނަ ހުސްބިމުގައި އެވެ. އެތަން އިމަރާތް ކުރުމަށް ބޭނުންވާ ބިން ކައުންސިލް ހަމަޖައްސައިދިން ފަހުންވެސް މިހާރު 3 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައި އެވެ.

މިމަޝްރޫއުއަށް ޖުމްލަ 15 މިލިއަން ރުފިޔާ ކަނޑައަޅައި އަންނަ އަހަރު ބަޖެޓްގައި ހިމަނާފައިވީއިރު އަންނަ އަހަރަށް 3 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

މިގޮތަށް މިމަޝްރޫއު ބަޖެޓްގައި ހިމަނައި މިހާ ގިނަ ދުވަސްވެފައި ވާއިރު އެމަޝްރޫއު ނުފެށިގެން އުޅެނީ ސިޔާސީ ނުފޫޒުތަކާ ހެދި ކަމަށް ކަސްޓަމްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ކަސްޓަމްސް އޮފީސް އިމާރާތް ބަޖެޓްގައި ޖަހާލަ ޖަހާލަ ތިއްބާ ހަނިމާދޫ އާއި ހއ އުލިގަމުގައި ކަސްޓަމްގެ އިމާރާތްކުރަން ފަށާއިވާިރު މިހާރު ނިމޭކޮޅުމަތި ވަނީ ފެންނަ ފަށާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355