ހދ ނާވައިދޫއަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
މިއަދު 6:55 އެހާއިރު ނާވައިދޫއަށް އެރި މި ނަގޫރޯޅީގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ކައުންސިލްގެ ރައީސް އަހުމަދު ޒިޔާދު ވިދާޅުވި އެވެ.
ކޭއޯއަށް މައުލޫމާތު ދެއްވަމުން އަހުމަދު ޒިޔާދު ވިދާޅުވީ ދެ ގެއެއްގެ ފުރާޅު އެއްލާލައި ރަށުގެ ރުއް ގަސް މުއްލުން ލުހި ވެއްޓިފައިވާއިރު ރަށުގެ ސިނާއި ސަރަހައްދުގައި ހުރި ހަރުގެއެއް އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ.
ޒިޔާދު ވިދާޅުވީ ރޯޅީގެ ސަބަބުން ލިބުނު ގެއްލުން ސީދާ އެނގޭނީ މާދަމާ ކަމަށާއި ރަށުގެ އާއްމު ހާލަތު މިވަގުތަށް ރަނގަޅުކަމަށެވެ.
ރޯޅި ރަށުތެރެއަށް އަރާފައިވަނީ އިރުމަތި ފަރާތުން ސިނާއީ ސަރަހައްދުން ދެކުނު ހުޅަނގަށް، އަދި ރޯޅި ފައިބައިގެން ދިޔައީ ދެކުނު ފަރާތުންނެވެ.