twitterviber whatsapp telegramfacebookyoutube instagram
14th August 2026

ނޭކުރަންދޫގައި 23 އަހަރުގެ އަންހެނަކު ގެނބިގެން މަރުވެއްޖެ

Nov 21, 2016

ހދ ނޭކުރަންދޫގައި ދަތުރު ގޮސް އުޅުނު ކުއްޖަކު މޫދަށް ގެނބި  މިއަދު މެންދުރު 12:25 ހާއިރު މަރުވެއްޖެ އެވެ. ގެނބި މަރުވެފައިވަނީ އެރަށު، ރެސްޓްވިލާ މަރިޔަމް ވިޝާމާ(23އ) އެވެ.

ނޭކުރަންދޫ ކައުންސިލްގެ މެމްބަރަކު ކޭއޯއަށް ވިދާޅުވީ އެކުއްޖާ މަރުވެފައިވަނީ މިއަދު އާއިލާއާ އެކު އެރަށު ކުޅިމަގާ ދިމާއަށް ދަތުރުގޮސް އުޅުމުގެ ތެރޭގައި މިއަދު މެންދުރު ކަމަށެވެ.

ނޭކުރަންދޫ ސިއްހީ މަރުކަޒާ ހަވާލީ އޭނާ ވިދާޅުވީ އެކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައިވެސް ވަނީ މަރުވެފައިކަމަށެވެ.

މިހާރު އެކުއްޖާ ވަޅުލުމުގެ މަސައްކަތް ކުރަމުންދާކަމަށް ކައުންސިލުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355