twitterviber whatsapp telegramfacebookyoutube instagram
21st May 2025

ބޮޑެތި އިނާމް ތަކަކާއިއެކު އުރީދޫއިން “އެސްއެމްއެސް ސްކްރެބަލް” ތައާރަފްކޮށްފި

Nov 22, 2016

އުރީދޫ މޯލްޑިވްސް އިން ބޮޑެތި އިނާމްތަކަކާއި އެކު “އެސްއެމްއެސް ސްކްރެބަލް” ނަމުގައި މުބާރާތެއް ތައާރަފް ކޮށްފި އެވެ.

ޖުމްލް 000،600 ރުފިޔާގެ އިނަމް ހިމެނޭ މި މުބާރާތައް އިއްޔެ ފަށާފައި ވާއިރު އެސްއެމްއެސް މެދުވެރިކޮށް ކުޅެވޭ މި މުބާރާތުން އެންމެ ގިނަ ޕޮއިންޓް ހޯއްދަވާ ފަރާތްތަކަށް ލިބޭ އިނާމުތަކުގެ ތެރޭގައި އައިފޯން 7، އައިފޯން 7 ޕްލަސް އަދި އެޕަލްގެ އެންމެ ފަހުގެ މެކްބުކްޕްރޯ ހިމެނެއެވެ.

އެސްއެމްއެސް ސްކްރެބަލްގައި ބައިވެރިވުމަށް:

• 4242 އަށް ‘GO’ ޖައްސަވާފައި ފޮނުއްވާ

• ކޮންމެ ބައިވެރިއަކަށްވެސް އަކުރުތަކެއް އެކުލެވޭ އެސްއެމްއެސްއެއް ލިބިގެންދާނެ.

• މި އަކުރުތައް ބޭނުންކޮށްގެން ބަސް ހެދުމަށްފަހު 4242 އަށް އެސްއެމްއެސް ކުރައްވާ.

• ރަގަޅު ބަހެއްކަމުގައި ވާނަމަ، އެބަހުގައި ހިމެނޭ ކޮންމެ އަކުރަކަށް 100 ޕޮއިންޓް ލިބިގެންދާނެ.

• ލިބިފައިވާ އަކުރުތަށް ބަދަލުކުރެއްވުމަށް، “CHANGE” ނުވަތަ “NEXT” ޖެއްސެވުމަށްފަހު 4242 އަށް ފޮނުއްވާ. އަކުރުތައް ބަދަލުކުރަށްވާ ކޮންމެ ފަހަރަކުވެސް އިތުރު 50 ޕޮއިންޓް ލިބިގެންދާނެ.

އެގޮތުން ކޮންމެ ހަޕްތާއެއްގައި ވެސް އެންމެ ގިނަ ޕޮއިންޓް ހޯއްދަވާ ބައިވެރިޔާ އަށް އައިފޯން 7 ޕްލަސް އެއް ލިބިގެންދާނެއެވެ. އަދި ހަމައެއާއި އެކު ހަފްތާތެރޭގައި ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯއްދަވާ ބޭފުޅަކަށް އައިފޯން 7 އެއް ލިބޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އެސްއެމްއެސް ސްކްރެބަލް އާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ‘HELP’ ޖައްސަވާފައި 4242 އަށް އެސްއެމްއެސް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. އަދި އުރީދޫ ވެބްސައިޓް ooredoo.mv އިން ވެސް މި މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

100 ދުވަހަށް ކުރިއަށްދާ މި މުބާރާތުގައި، ކޮންމެ މަހަކުވެސް އެންމެ ގިނަ ޕޮއިންޓް ހޯއްދަވާ ބައިވެރިޔާއަށް އެޕަލްގެ އެންމެ ފަހުގެ މެކްބުކް ޕްރޯ އެއް ލިބިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355