twitterviber whatsapp telegramfacebookyoutube instagram
26th April 2024

ލޯފަން ކުދިންގެ ޖަމުއިއްޔާގެ ހަރަކާތްތައް ކުލަގަދަކޮށް މިއަހަރު ކުރިނބީގައި

Nov 22, 2016

ލޯފަން ކުދިންގެ ޖަމުއިއްޔާ ނުވަތަ ބްލައިންޑް އެންޑް ވިޝުއަލީ އިންޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އިން ބައިނަލް އަގްވާމީ ނުކުޅެދުންތެރިކަން ހުންނަ ދުވަސް މިއަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ހދ ކުރިނބީގައި އެވެ. މިއީ މިދުވަސް ކުރިނބީގައި ފާހަގަކުރާ ދެވަނަ އަހަރެވެ.

މިއަހަރު އެދުވަސް ކުރިނބީގައި ފާހަގަކުރަނީ އެރަށު ކައުންސިލާ ގުޅިގެންކަމަށް ބީވީއައިއެސްއެމް އިން މައުލޫމާތު ދެ އެވެ.

ބީވީއައިއެސްއެމްގެ މީޑީއާ ކޯޑިނޭޓަރު އަބުދުއްރައްޒާގު މިއަދު ކޭއޯއަށް ވިދާޅުވީ ބައިނަލް އަގްވާމީ ނުކުޅެދުންތެރިކަމުގެ ދުވަސް އެޖަމުއިއްޔާއިން ފާހަގަކުރުމަށް ހުޅުވާލުމުން އެންމެ ރަނގަޅު ހުށަހެޅުމެއް، ހުށަހެޅީ ކުރިނބީން ކަމަށެވެ.

2014 ވަނަ އަހަރު ބީވީއައިއެސްއެމް އިން ކުރިއަށްގެން މަދަހަ މުބާރާތުގެ ނަތީޖާފާޅުކުރުން–

 

އަބުދުއްރައްގާޒު ވިދާޅުވީ މިއަހަރުވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން ހަރަކާތްތައް 10 ދުވަހަށް ކުރިއަށްދާއިރު ހަރަކާތްތައް މިމަހު 26 ގައި ފެށޭނެ ކަމަށެވެ. އެގޮތުން މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ މަދަހަ މުބާރާތުގައި 3 ރަށަކުން 67 ދަރިވަރަކު ބައިވެރިވެފައިވެ އެވެ. އެއީ ކުރިނބީ ސްކޫލާއި ހަނިމާދޫ އަދި ނާވައިދޫ ސްކޫލެވެ.

މަދަހަ މުބަރާތުގެ އެއް ފަނޑިޔާރަކަށް އިންނަވާނީ ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒްގެ ކޮއްކޮ އިބުރާހިމް ރަމީޒެވެ.

މީގެ އިތުރުން ކުރިނބީ ރައްޔިތުންނާއި ޖަމްއިއްޔާގެ ފަރާތުން ބައްދަލުކުރުމާއި ހދ ވައިކަރަދޫއަށާއި ނޭކުރަންދޫއަށް ޒިޔާރަތްކުރުމާއި ދީނީ ވޯކްޝޮޕެއް ކުރިއަށްގެންދިއުމާއި ދީނީ ދަރުސްއެއް ދިނުމާއި ސަގާފީ ކުޅިވަރާއި ގަސް އިންދުމުގެ ޕްރޮގުރާމަކާއި ފަސްޓްއެއިޑް ޕްރޮގުރާމާއި ލޯފަން ކުދިންގެ ދުވުމުގެ މުބާރާތަކާއި ކުރިނބީގެ ހުރިހާ މުވައްސަސާތަކަށް ހުޅުވާލައިގެން ބާއްވާ ކުއިޒް ހިމެނެ އެވެ.

ލޯފަން ޖަމްއިއްޔާގެ ބައިވެރިންތަކެއް–

 

ބައިނަލް އަގްވާމީ ނުކުޅެދުންތެރިންގެ ދުވަސްކަމުގައިވާ 3 ޑިސެމްބަރު ވަނަ ދުވަސް ފެށިގެންދާނީ ފަތިސް ނަމާދާއެކު ކުރެވޭ ހާއްސަ ދުއާއަކުން ކަމަށް ބީވީއައިއެސްއެމް މައުލޫމާތު ދެ އެވެ. އަދި އެދުވަހުގެ ރޭގަނޑު ދުވަހާ ގުޅޭ ރަސްމީ ޖަލްސާ އާއި އެދުވަހުގެ ހަވީރު އާއިލީ ހަވީރެއް އޮންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355