twitterviber whatsapp telegramfacebookyoutube instagram
13th April 2026

އެކްސިޑެންޓެއްގައި ދުވަސްވީ މީހަކު ސީރިއަސް ހާލަތަށް، ސައިކަލް ދުއްވި މީހާ ފިލައިފި

Nov 22, 2016

ދެ ސައިކަލް ޖެހި ކުޅުދުއްފުށީގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ. އަދި ސައިކަލް ދުއްވަން އިން އެކަކު ވަނީ އެކްސިޑެންޓް ވުމުން މަޑުނުކޮށް ފިލާފައިފަ އެވެ.

ކުޅުދުއްފުށީ ހުކުރު މިސްކިތާ ދިމާއި އަމީނީ މަގުގައި މިރޭ 6:50 ހާއިރު ހިނގި މިއެކްސިޑެންޓްގައި ޒަހަމްވެފައިވަނީ ކުޅުދުއްފުށީ ގުލްދަސްތާގެ، ހުސައިން ޔޫސުފް (74އ) އެވެ.

މަންޒަރު ދުށްމީހުން ބުނާގޮތުގައި ޕޭމެންޓް މަތިން ދިޔަ ހުސައިންގެ ގައިގައި ޖެހިފައިވަނީ އަމީނީމަގުން އުތުރަށް ދުއްވާފައިދިއަ ސައިކަލެއް ހަމަ އެކޮޅަށް ދިއަ އެހެން ސައިކަލެއްގައި ޖެހިފައި ކޮންޓްރޯލް ނުވެގެން ގޮހެވެ.

އެކްސިޑެންޓްގައި ފިލާފައިވާ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެެވެ. އެކްސިޑެންޓާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

ހުސައިން ޔޫސުފްގެ ފައި ވަރަށް ބޮޑަށް ޒަހަމްވެފައިވެފައި ވާއިރު އޭނާއަށް މިހާރު ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ނެވެ. އަދި އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ހޮސްޕިޓަލްގެ މެނޭޖަރ ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355