twitterviber whatsapp telegramfacebookyoutube instagram
21st May 2025

އުތުރުގެ ފުލުހުން އިދާރާތަކުގެ ހިދުމަތްތައް ހަރުދަނާކުރުމަށް ބޭއްވި ސިމްޕޯޒިއަމް ނިންމާލައިފި

Nov 23, 2016

އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ދެމުންދާ ހިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން މަސްވަރާކޮށް ގޮތްތަކެއް ކަނޑައެޅުމުގެ ގޮތުން ކުޅުދުއްފުށީގައި ބޭއްވި  ސިމްޕޯޒިއަމް އިއްޔެ ނިންމާލައިފި އެވެ.

“ލީޑަރޝިޕް ސިމްޕޯޒިއަމް” ގެ ނަމުގައި ނޮވެމްބަރު މަހުގެ 20 ން 22 އަށް ކުރިއަށް ގެންދާ މި ސިމްޕޯޒިއަމްއަކީ ގާނޫނީ ގޮތުން ފުލުހުންންނާއި މަތިކޮށްފައިވާ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި ޑިވިޜަންގައި ދެމުންދާ ހިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ޕޮލިސް ސްޓޭޝަންތަކުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މަސްވަރާކޮށް އަމަލު ކުރާނެ ކަންތައްތަކެއް ކަނޑައެޅުމުގެ ގޮތުން ބޭއްވި ސިމްޕޯޒިއަމްއެއް ކަމަށް ފުލުހުން މައުލޫމާތު ދެ އެެވެ.

ކުޅުދުއްފުށި އޮފީސް ކޮމްޕްލެކްސް ގައި ކުރިއަށްގެނދިޔަ މި ސިމްޕޯޒިއަމްގައި އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ އަތޮޅުތަކުގައި ކުރެވިފައިވާ މަސައްކަތްތައް ދެނެގަނެ އެކަންތައްތަކާއި ބެހޭގޮތުން މަސްވަރާކުރުމާއި އަތޮޅު ތަކުގެ ސްޓޭޝަންތައް ހިންގުމުގައި ހުރި ދަތިތަކާއި އެދަތިތައް ހައްލުކުރުމާއި ގުޅޭގޮތުންނާއި ސްޓޭޝަންތަކުގެ ހިންގުމުގެ ނިޒާމް ހަރުދަނާކުރުމަށްޓަކައި ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަސްވަރާކޮށްފައިވެ އެވެ.

ސިމްޕޯޒިމްގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ފޮޓޯއަކަށް ހުއްޓިލައިގެން–

 

ތަހުގީގު ކުރެވޭ މައްސަލަތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރެވެންހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަސްވަރާކޮށް އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި މަސައްކަތްކުރާ މުވައްޒަފުންގެ ވެލްފެއަރ ކަންކަން މިހާރަށްވުރެ ރަނގަޅުކޮށް ބެލެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް މި ސިމްޕޯޒިއަމްގައި މަސްވަރާކޮށްފައިވެ އެވެ.

އަދި އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ އަތޮޅުތަކުގައި ކުށްމަދުކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަސްވަރާކޮށް އެކްޝަން ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކޮށްފައިވެ އެވެ.

ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން–

 

މި ސިމްޕޯޒިއަމްގައި އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ސާމީ އާއި އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ އަތޮޅުތަކުގެ ކޮމާންޑަރުންނާއި ސްޓޭޝަންތަކުގެ އިންޗާޖުންނާއި ސްޓޭޝަންތަކުގައި މަސައްކަތްކުރާ އިސްފުލުހުން ވަނީ ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355