twitterviber whatsapp telegramfacebookyoutube instagram
21st May 2025

ސީއައިޓީއެމްއިން ނޮޅިވަރަމްގައި ހިންގި ކޮންޕިއުޓާރ ކޯސް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ދީފި

Nov 23, 2016

ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމެންޓް (ސީއައިޓީއެމް) އާއި ނޮޅިވަރަމް ރޯޝަން ގުރޫފާއި ގުޅިގެން ނޮޅިވަރަމްގައި ހިންގި ސެޓްފިކެޓް 3 ގެ ކޮމްޕިއުޓާ ކޯސް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ދީފި އެވެ.

ސީއައިޓީއެމް އިން ނޮޅިވަރަމްގައި ކުރިއަށްގެންދިޔަ ސެޓްފިކެޓް 3 ގެ ކޯހުގެ ދަސްވެނިވި 25 ދަރިވަރަކު ވަނީ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ.

ރޭ މިކަމަށްޓަކާ ނޮޅިވަރަމް ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް މަހުދީ ޝާހިދެވެ.

ނޮޅިވަރަމްގައި ބޭއްވި ކޯސް ފުރިހަމަ ކުރި ދަރިވަރުންތަކެއް–

 

މި ޖަލްސާ ޝަރަފުވެރި ކުރައްވާ މަހުދީ ދެއްކެވި ވާހަކާގައި މިހާރު ކޮމްޕިއުޓާ ތައުލީމަކީ އަސާސީ ތައުލީމެއް ކަމަށާއި ކޮންމެ ވަޒީފާއަކަށް ވެސް ކޮމްޕިއުޓާ ތައުލީމް ބޭނުންވާ ކަމަށާއި ވަޒީފާއަކަށް މީހަކު ނަގާއިރުވެސް އައިޓީ އެގެނީ ކިހާވަރަކަށްތޯ ބަލާކަމަށެވެ.

އަދި ރަށުގައި ހުރެގެން ކިޔަވަން ލިބޭ މިފަދަ ފަހި ފުރުސަތުތަކުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ނެގުމަށް މަހުދީ އެދިލެއްވި އެވެ.

ސީއައިޓީއެމްގެ ނޮޅިވަރަމް ކެމްޕަހުގެ ކޯޑިނޭޓަރ ނަސްރުﷲ ހަލީލް ވިދާޅުވީ، މިހާރުވެސް އެ ކެމްޕަހުގެ އިންފޮމޭޝަން ޓެކްނޮލޮގީގެ ސެޓްފިކެޓް 3 އަދި ޑިޕްލޮމާގެ ކޯހެއްގައި ޖުމްލަ 30 ދަރިވަރުން ކިޔަވަމުންދާ ކަމަށެވެ.

ނަޝްރުﷲ ވަނީ އިތުރު ދެ ކޯހަކަށް ވަނުމުގެ ފުރުސަތު ރޭ ހުޅުވާލާފަ އެވެ. އެއީ ކިޑްސް އައިޓީ ޕްރޮގުރާމަކާއި ޑިޕޮލޮމާގެ ކޯހަށެވެ.

ސީއައިޓީއެމް އާޢި ރޯޝަން ގުރޫފް ގުޅިގެން މިދިޔަ އަހަރުވެސް ވަނީ ކޮމްޕިއުޓާ ކޯސް ކުރިއަށްގެންގޮސްފަ އެވެ. މިދިޔަ އަހަރު 71 ދަރިވަރަކު ވަނީ ކޯސް ފުރިހަމަކޮށްފަ އެވެ.

 

1996 ވަނަ އަހަރު އުފެދުނު ސީއައިޓީއެމްގެ 20 ކެމްޕަސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާއިރު ރާއްޖެތެރޭގައި ސީއައިޓީއެމްއިން ކޮމްޕިއުޓާރ ކޯސްތައް ކުރިއަށްގެންދަން ފަށާފައިވަނީ 2008 ވަނަ އަހަރު އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355