twitterviber whatsapp telegramfacebookyoutube instagram
25th April 2024

އޭވިއޭޝަން ސެކިއުރިޓީއަށް އުރީދޫ ވަރކްގްރޫޕްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި

Nov 24, 2016

އުރީދޫ މޯލްޑިވްސް އިން އޭވިއޭޝަން ސެކިއުރިޓީ ކޮންޓްރޯލްގެ މުވައްޒަފުންގެ މުވާސަލާތީ ބޭނުންތަކަށް ފުރިހަމަ ހައްލެއް ފޯރުކޮށްދިނުމަށްޓަކައި، އުރީދޫ ވަރކްގްރޫޕް ހިދުމަތް ފޯރުކޮށްދިނުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އުރީދޫއިން މައުލޫމާތު ދިން ގޮތުގައި މި ހިދުމަތް މެދުވެރިކޮށް އެ މުއައްސަސާގެ މުވައްޒަފުންގެ މެދުގައި ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭނެ ކަަމަށެވެ.

އުރީދޫގެ ހެޑްއޮފީހުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި އުރީދޫ ވަރކްގްރޫޕް ހިދުމަތުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ، އުރީދޫގެ ޗީފް ކޮމާސަލް އޮފިސަރ ބާލާޖީ ސްރިނިވާސަން އާއި އޭވިއޭޝަން ސެކިއުރިޓީ ކޮންޓްރޯލްގެ ޑެޕިއުޓީ ކޮމާންޑަރ މޭޖަރ މުހައްމަދު ފަސީހު އެވެ.

އުރީދޫގެ ހިދުމަތްތައް މެދުވެރިކޮށް ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް މުއާމަލާތްތައް ކުރުމުގައި މުވާސަލާތީ ޓެކްނޮލޮޖީތައް މިހާރު ވަނީ ވަރަށް މުހިއްމުވެފައި ކަމަށެވެ. މިގޮތުން، އުރީދޫ ވަރކްގްރޫޕްގެ މަގްބޫލު ހިދުމަތްތައް އޭވިއޭޝަން ސެކިއުރިޓީ ކޮންޓްރޯލްގެ މުވައްޒަފުންނަށް ފޯރުކޮށްދީ، އެކުންފުނިން ދިވެހިރާއްޖޭގައި އަމަލުކުރެވެމުންދާ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ކުރަމުންދާ މުހިއްމު މަސައްކަތުގައި އެބޭފުޅުންނަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދެވުން ކަމަށް އުރީދޫގެ ސީއީއޯ އެ ރަސްމިއްޔާތުގައި ވަނީ ވިދާޅުވެފައި އެވެ.

އުރީދޫއިން މައުލޫމާތު ދިން ގޮތުގައި އުރީދޫ ވަރކްގްރޫޕް މެދުވެރިކޮށް ކުންފުނީގެ ތެރޭގައި ކުރަންޖެހޭ ހުރިހާ ކޯލް އެއް އަދި އެސްއެމްއެސްވެސް ހިލޭ ކުރުމުގެ ފުރުސަތު ފޯރުކޮށްދިގެން ދާނެ ކަމަށާއި 4 އަދަދުގެ ކުރު ނަންބަރެއް ބޭނުންކޮށްގެން، ވަރކް ގްރޫޕްގައި ހިމެނޭ ބޭފުޅުންގެ މެދުގައި، އެކަކު އަނެކަކަށް ފަސޭހަކަމާއި އެކު ގުޅާލެވޭނެ ކަމަށެވެ. މިއީ ކޯޕަރޭޓް ކުންފުނިތަކަށް ތަކަށް ހާއްސަކޮށް ތައާރަފްކުރެވިގެން ވަރކްގްރޫޕް މެދުވެރިކޮށް އެއް މޮބައިލް ނެޓްވަރކެއް ތެރޭގައި ގުޅުވާލަދިނުމުން ކުންފުނިތެރޭގައި މުއާމަލާތް ކުރުމުގެ ފަސޭހަކަމަކާއި ފުރިހަމަކަމެއް މެދުވެރިވެގެންދާނެ ކަމަށެވެ. ހަމައެހެންމެ، ކުންފުނީގެ

ވާރކްގްރޫޕްގައި ބައިވެރިވާ ކޮންމެ މުވައްޒަފަކަށްވެސް، އާއިލާގެ މެންބަރުންގެ ތެރެއިން، ބޭނުންފުޅުވާ ބޭފުޅަކަށް އަންލިމިޓެޑް ކޯލް އަދި އެސްއެމްއެސް ކުރުމުގެ ފުރުސަތު ލިބިގެންދިއުމާއި އެކު، މަސައްކަތުގެ މައިދާނުގެ އިތުރުން، އާއިލާ އާއި ގުޅާލުމަށްވެސް ފަސޭހަވެގެންދާނެ ކަމަށެވެ.

އުރީދޫ ވާރކްގްރޫޕްގެ ހިދުމަތް ބޭނުންކުރަށްވާ ކުންފުނިތަކަށް ފޯރުކޮށްދެވިފައިވާ ހާއްސަ ޕޯޓަލް މެދުވެރިކޮށް، ކުންފުނިން ދައްކަންޖެހޭ ބިލް ޗެކްކުރުމާއި، އާ ކަނެކްޝަންތަކަށް އެދުމާއި، ވާރކްގްރޫޕުގައި ހިމެނޭ ފަރާތްތަށް ބަލައި، އެ ލިސްޓް އަށް މުވައްޒަފުން އިތުރުކޮށް، މަދުކުރުމުގެ އިތުރުން ވަކި ވަކި ގްރޫޕްތައް އުފައްދާ، މިގްރޫޕްތަކަށް އެސްއެމްއެސް ކުރުމުގެ ފަސޭހަކަންވެސް މި ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355