އަންހެނުނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން “ހޯފް ފޯ ވިމެން” އާއި ގުޅިގެން “ބިލީފް” އިން އިސްނަގައިގެން މާދަމާ ކުޅުދުއްފުށީގައި ބައިސްކަލް ބުރެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.
ބިލީފް އިން މައުލޫމާތު ދިން ގޮތުގައި މިއީ އަންހެނުނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ހޯފް ފޯ ވުމެން އިން ހިންގާ “16 ޑޭސް” ގެ ކެމްޕެއިން ފެށުމުގެ ގޮތުން ބާއްވާ ބައިސްކަލް ބުރެއް ކަމަށެވެ. އަދި ކުޅުދުއްފުށީގައި 16 ދުވަހު ކަމެއް ކުރަން ރޭވިފައި ނެތް ކަމުގައި ވިޔަސް މި ކަމަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.
ކުޅުދުއްފުށީގައި ބައިސްކަލް ބުރު ފަށަން ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:00 ގައި ޖަލާލުއްދީން ސްކޫލު ކުރިމަތިންނެވެ.
ސުކޫލް ކައިރިއަށް އައުމުން ފުއްޕާހަމާއި ބޮލުގައި އަޅާ ބޭންޑް ކޮންމެ ފަރާތްތަކަށްވެސް ލިބޭނެ ކަމަށާއި މިހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން އޮރެންޖް ކުލަ ބޭނުން ކުރުމަކީ ބިލީފްގެ އެދުމެއްކަމަށް އެފަރާތުން ވަނީ ހާމަކޮށްފަ އެވެ.
މިހަރަކާތްތުގައި ވީހާވެސް ގިނަ ފަރާތްތަކެއް ބައިވެރިވުމަކީ ބިލީފްގެ ވަރަށް ބޮޑު އެދުމެކެވެ.