twitterviber whatsapp telegramfacebookyoutube instagram
18th July 2025

ތިލަދެކުނު ޝަރަފުވެރި އެވޯޑް 2 ބޭފުޅަކަށް، ޖަލްސާ ހޮނިހިރު ދުވަހުގެ ރޭ

Nov 24, 2016

ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ އަންނަ ހޮނިހިރު ދުވަހުގެ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ބާއްވަން ނިންމައިފި އެވެ. މިޖަލްސާ ދައުލަތުގެ މީޑިއާއިން ވަގުތުން ވަނީ ދުރަން ފޮނުވުމަށް ހަމަޖެހިފަ އެވެ.

ޝަރަފްވެރިކަމުގެ އިނާމަކީ ހދ.އަތޮޅަށް ޝަރަފުވެރި ވަނަތަކާއި މަޤާމުތައް ހޯދައި ފަރާތްތަކަށާއި ތަފާތު ދާއިރާތަކުން ހދ އަތޮޅަށް ފާހަގަކުރެވޭ ހިދުމަތްތައް ކޮށްދީފައިވާ ފަރާތްތައް ފާހަގަކޮށް، އެފަރާތަކުގެ އަގު ވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން ދިނުމަށް ހދ އަތޮޅު ކައުންސިލުން ތައާރަފްކުރި އިނާމެކެވެ.

މިއަހަރުގެ ތިލަދެކުނު ޝަރަފުވެރި އިނާމަށް 2 ބޭފުޅަކަށް ލިބޭ އިރު އާއްމު ހިދުމަތްގެ އިނާމް 3 ފަރާތްތަކަށް ލިބޭނެ އެވެ. އަދި އެކި ދާއިރާތަކުން އަތޮޅަށް ރީތި ނަން ހޯދައިދިން ފަރާތްތަކުގެ އަގު ވަޒަން ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިއަހަރު ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓަރ އޮފް ޑިފެންސް އާދަމް ޝަރީފެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355