twitterviber whatsapp telegramfacebookyoutube instagram
19th April 2024

ބީވީއައިއެސްއެމްގެ މެމްބަރުންނަށް ކުރިނބީ ހޫނު މަރުހަބާއެއް

Nov 26, 2016

ލޯފަން ކުދިންގެ ޖަމުއިއްޔާ ނުވަތަ ބްލައިންޑް އެންޑް ވިޝުއަލީ އިންޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އިން ބައިނަލް އަގްވާމީ ނުކުޅެދުންތެރިކަން ހުންނަ ދުވަސް މިއަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ހދ ކުރިނބީގައި އެވެ.

ބީވީއައިއެސްއެމްއިން ކުރިނބީގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވުމަށް އެޖަމްއިއްޔާގެ މެމްބަރުން ވަނީ، މިއަދު އެރަށްށަށް ދިއުމުން ރައްޔިތުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ބީވީއައިއެސްއެމްގެ މެމްބަރުން މިއަދު ކުރިނބީ ދިއުމުން ހޫނު މަރުހަބާއެއް ކިޔަނީ–

އެޖަމްއިއްޔާގެ 15 މެމްބަރަކު ވަނީ މިއަދު އެރަށަށް ގޮސްފައިވާއިރު އެޖަމްއިއްޔާގެ 3 މެމްބަރަކު މިހާރުވެސް ދަނީ ކުރިނބީގައި ހަރަކާތްތެރިވަމުންނެވެ. ނުކުޅެދުންތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބީވީއައިއެސްއެމް އާއި ކުރިނބީ ކައުންސިލާ ގުޅިގެން ގިނަ ހަރަކާތްތަކެއް ވަނީ އެރަށުގައި ކުރިއަށްގެންދަން ނިންމާފަ އެވެ.

އެގޮތުން ހަރަކާތްތައް 10 ދުވަހަށް ކުރިއަށްދާއިރު މިއަދު ހަރަކާތްތައްގައި ފެށޭނެ ކަމަށް އެޖަމްއިއްޔާއިން މައުލޫމާތުދެ އެވެ. އެރަށުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ މަދަހަ މުބާރާތުގައި 3 ރަށަކުން 67 ދަރިވަރަކު ބައިވެރިވެފައިވެ އެވެ. އެއީ ކުރިނބީ ސްކޫލާއި ހަނިމާދޫ އަދި ނާވައިދޫ ސްކޫލެވެ.

މަދަހަ މުބަރާތުގެ އެއް ފަނޑިޔާރަކަށް އިންނަވާނީ ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒްގެ ކޮއްކޮ އިބުރާހިމް ރަމީޒެވެ.

މީގެ އިތުރުން ކުރިނބީ ރައްޔިތުންނާއި ޖަމްއިއްޔާގެ ފަރާތުން ބައްދަލުކުރުމާއި ހދ ވައިކަރަދޫއަށާއި ނޭކުރަންދޫއަށް ޒިޔާރަތްކުރުމާއި ދީނީ ވޯކްޝޮޕެއް ކުރިއަށްގެންދިއުމާއި ދީނީ ދަރުސްއެއް ދިނުމާއި ސަގާފީ ކުޅިވަރާއި ގަސް އިންދުމުގެ ޕްރޮގުރާމަކާއި ފަސްޓްއެއިޑް ޕްރޮގުރާމާއި ލޯފަން ކުދިންގެ ދުވުމުގެ މުބާރާތަކާއި ކުރިނބީގެ ހުރިހާ މުވައްސަސާތަކަށް ހުޅުވާލައިގެން ބާއްވާ ކުއިޒް ހިމެނެ އެވެ

ބީވީއައިއެސްއެމްގެ މެމްބަރުން މިއަދު ކުރިނބީ ދިއުމުން ހޫނު މަރުހަބާއެއް ކިޔަނީ–

 

ބައިނަލް އަގްވާމީ ނުކުޅެދުންތެރިންގެ ދުވަސްކަމުގައިވާ 3 ޑިސެމްބަރު ވަނަ ދުވަސް ފެށިގެންދާނީ ފަތިސް ނަމާދާއެކު ކުރެވޭ ހާއްސަ ދުއާއަކުން ކަމަށް ބީވީއައިއެސްއެމް މައުލޫމާތު ދެ އެވެ. އަދި އެދުވަހުގެ ރޭގަނޑު ދުވަހާ ގުޅޭ ރަސްމީ ޖަލްސާ އާއި އެދުވަހުގެ ހަވީރު އާއިލީ ހަވީރެއް އޮންނާނެ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355