twitterviber whatsapp telegramfacebookyoutube instagram
21st May 2025

ނޫސްވެރިކަމުގެ ހިތްވަރު ދިނުމުގެ އިނާމް “ކުޅުދުއްފުށި އޮންލައިނަށް”

Nov 26, 2016

ހދ އަތޮޅު ކައުންސިލުން ދޭ ތިލަދެކުނު ޝަރަފުވެރިކަމުގެ އެވޯޑްގެ ތެރެއިން ނޫސްވެރިކަމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު “ކުޅުދުއްފުށި އޮންލައިން” ނޫހަށް ލިބިއްޖެ އެވެ.

މިހާރު ކުރިއަށްދާ ތިލަދެކުނު ޝަރަފްވެރިކަމުގެ އެވޯޑް ދިނުމުގެ ހާއްސަ ޖަލްސާގައި ކުޅުދުއްފުށި އޮންލައިންގެ ފަރާތުން އެވޯޑާ ހަވާލުވެލެއްވީ ކުޅުދުއްފުށި އޮންލައިންގެ ސީނިއަރ ޖާނަލިސްޓް ހަދީޖާ އާދަމެވެ.

ކުޅުދުއްފުށި އޮންލައިނަކީ 2007 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ވެބްސައިޓެކެވެ. އަދި 2010 ވަނަ އަހަރު ނޫހެއްގެ ގޮތުގައި ރަޖިސްޓަރީކޮށް ރަސްމީ ނޫހެއްގެ ގޮތުގައި ވަނީ ހިންގަން ފަށައިފައެވެ. ކުޅުދުއްފުށި އޮންލައިންއަކީ އަތޮޅުތެރޭގައި ހިންގަމުން އަންނަ ނޫސްތަކުގެ ތެރެއިން ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ އެއް ނޫހެވެ.

ފޭސްބުކްގައި 21000 ވުރެ ގިނަ ފަރާތްތަކުން ފޮލޯ ކުރާ ކުޅުދުއްފުށި އޮންލައިން އިން ކުޅުދުއްފުށީގެ ހަބަރުތަކުގެ އިތުރުން ރާއްޖޭގެ އެންމެ އުތުރުގެ ތިންއަތޮޅުގައި ހިނގާ މުހިއްމު ހަބަރުތަކާއި އިވެންޓްތައްވެސް ގެނެސްދެމުން ދިއުމުގެ ސަބަބުން ކުޅުދުއްފުށި އޮންލައިން ވެގެންދަނީ އުތުރުގެ ގިނަ ބަޔަކު އިތުބާރުކުރާ ނޫހެކެވެ. އަދި އަތޮޅުތައް ކަވަރު ކުރުމުގައި ރާއްޖޭގެ ބޮޑެތި ނޫސްތަކުން ބަރޯސާވާ ނޫހަކަށް ވަނީ ވެފައެވެ.

އަދި ވޭތުވެ ދިޔަ މާޒީގައި ކުޅުދުއްފުށި އޮންލައިނުން ވަނީ ގިނަ ޒުވާނުންތަކެއް ނޫސްވެރިކަމުގެ ދާއިރާއަށް ނެރެދީފަ އެވެ. އެގޮތުން މިހާރުވެސް މިނޫހުން މިދާއިރާއަށް ނެރެދިން ނޫސްވެރިން މާލޭގެ އެކި ނޫސްތަކާއި ޓީވީތަކެއްގައި މަސައްކަތް ކުރަމުންދެއެވެ.

ރާއްޖޭގެ ބޮޑެތި ވިޔަފާރި ކުންފުނިތަކުން އިތުބާރާއެކު ކުޅުދުއްފުށި އޮންލައިންގައި އިޝްތިހާރު ކުރާއިރު، ކުޅުދުއްފުށި އޮންލައިން އިން ވެސް އަންނަނީ ކުޅުދުއްފުށީގައި ހިންގާ އެކި އިވެންޓްތަކުގައި ބައިވެރިވެ އިޖްތިމާއީ ޒިންމާ އަދާކޮށް އެހީތެރިވަމުންނެވެ.

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355