twitterviber whatsapp telegramfacebookyoutube instagram
7th May 2024

ތިލަ ދެކުނު ޝަރަފުވެރިކަމުގެ އިނާމު 2 ބޭފުޅަކަށް، ހިތްވަރު ދިނުމުގެ އިނާމު 3 ފަރާތްތަކަށް

Nov 27, 2016

ތިލަ ދެކުނު ޝަރަފުވެރިކަމުގެ އިނާމް މިއަހަރު 2 ބޭފުޅަކަށް ލިބުނުއިރު  ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު 3 ފަރާތްތަކަށް ލިބިއްޖެ އެވެ.

ހދ. އަތޮޅު ތައުލީމީ މަރުކަޒު ހޯލްގައި ރޭ ބޭއްވި މި ޖަލްސާގައި ޝަރަފްވެރިކަމުގެ އިނާމު ލިބުނު ފަރާތްތަކަށް އިނާމް ހަވާލު ކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރިމެހެމާން މިނިސްޓަރ އޮފް ޑިފެންސް އާދަމް ޝަރީފެވެ.

ހިތްވަރު ދިނުމުގެ އިނާމް ދެނީ ހދ އަތޮޅަށް އަގުހުރި މަސައްކަތްތަކެއް ކޮށްދީފައިވާ ހދ އަތޮޅަށް ނިސްބަތްވާ އަމިއްލާ ފަރާތްތަކާއި ކްލަބް ޖަމިއްޔާތަކާއި މުވައްސަސާތަކަށެވެ. އަދި ޝަރަފްވެރި އިނާމު ދެނީ ގައުމީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގެ އެކު މުބާރަތްތަކުނާއި ކިޔެވުމުގެ ރޮގުން ޝަރަފްވެރި ވަނަތަށް ހާސިލްކޮށްފައިވާ ހދ އަތޮޅަށް ނިސްބަތްވާ ދަރިވަރުންނަށާއި އެ ދަރުވަރުންނަށް އުގަންނައި ދެއްވި އެދުރުންނަށެވެ.

ހިތްވަރު ދިނުމުގެ އިނާމު ހާސިލްކުރި 3 ފަރާތް:- ކުޅުދުއްފުށި އޮންލައިން، ރާޝިދާ މޫސާ، އަހުމަދު ވާފިރު–

ތިލަ ދެކުނު ޝަރަފްވެރިކަމުގެ އިނާމު އަދި ހިތްވަރުދިނުމުގެ އިނާމު ދިނުމުގެ އިނާމު ދެވޭ ދާއިރާ ތަކަކީ ދީނީ ހޭލުންތެރިކަމުގެ ދާއިރާ، ދިވެހި ބަހާއި އަދަބިއްޔާތު އަދި ތާރީހަށް ހިދުމަތްކުރުމުގެ ދާއިރާ، ތައުލީތީ ދާއިރާ، ސިއްހީ ދާއިރާ/ ހަކީމީ ބޭސްވެރިކަމުގެ ދާއިރާ، ތިމާވެށީގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ، އައު އުފެއްދުންތެރި ކަމުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، އިޖްތިމާއީ ހިދްމަތުގެ ދާއިރާ، އަތްތެރި މަސައްކަތުގެ ދާއިރާ އަދި ހަބަރާއި މައުލުމާތު ފެތުރުމުގެ ދާއިރާއެވެ.

ކައުންސިލުންދޭ ހާއްސަ އިނާމު ތިލަ ދެކުނު ރަންތަރި، ތިލަ ދެކުނު އުޖާލާތަރި (ޘާނަވީ ބައި)، ތިލަ ދެކުނު އުޖާލާތަރި (މަތީ ޘާނަވީ ބައި)، ތިލަ ދެކުނު ހިންމަތްތެރި ތަރި އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތް ތަކަށްދޭ ހާއްސަ އިނާމު ދެވޭ ދާއިރާ ތަކަކީ ތިލަ ދެކުނު ޝަރަފްވެރިތަރި (ޘާނަވީ ބައި)، ތިލަ ދެކުނު ޝަރަފްވެރިތަރި (މަތީ ޘާނަވީ ބައި) އަދި ތިލަ ދެކުނު ތޫނުފިލިތަރީގެ އިނާމެވެ.

ދަރިވަރަކު އެވޯޑާޢި ހަވާލުވަނީ–

ތިލަދެކުނު ހިންގުންތެރި އިނާމު ދެވޭ ދާއިރާ ތަކަކީ ތިލަ ދެކުނު ހިންގުންތެރި މަދަރުސާ، ތިލަ ދެކުނު ހިންގުންތެރި ރަށުކައުންސިލް، ތިލަ ދެކުނު ހިންގުންތެރި އަންހެނުންގެ ކޮމިޓީ އަދި ތިލަ ދެކުނު ހިންގުންތެރި ކުލަބް ޖަމިއްޔާ އަށް ދެވޭ އިނާމެވެ.

ޝަރަފްވެރި ކަމުގެ އިނާމު ލިބުނު 2 ފަރާތަކީ:

– މުހައްމަދު އަލީ ފަންނު/ ހދ ކުޅުދުއްފުށި (މަސްވެރިކަމުގެ ދާއިރާ)

– ހުސެއިން މުހައްމަދު ފެހިގެ/ ހދ ކުޅުދުއްފުށި (އައު އުފެއްދުމުގެ ދާއިރާ)

ހިތްވަރު ދިނުމުގެ އިނާމު ލިބުނު 3 ފަރާތަކީ:

– އަހުމަދު ވާފިރު ނުޖޫމުގެ / ހދ.މަކުނުދޫ ( ހަކީމީ ބޭސްވެރިކަމުގެ ދާއިރާ)

– – ރަޝީދާ މޫސާ އެލްޕާސޯ/ ހދ ކުޅުދުއްފުށި (ކުޅިވަރުގެ ދާއިރާ)

– ކުޅުދުއްފުށީ އޮންލައިން (ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ)

ތިލަދެކުނު ރަންތަރި ލިބުނު 17 ފަރާތް:

– ހަނާން މުހައްމަދު ނިޒާރު ކަސްތޫރިގެ/ ހދ. ކުޅުދުއްފުށި

– މުހައްމަދު މާއިދު އަބުދުލްމުހުސިން ހިތްފަސޭހަގެ/ ހދ. ކުޅުދުއްފުށި

– އިބްރާހިމް އަބްދުލްސައްތާރު ސަރާސަރު/ ހދ. ކުޅުދުއްފުށި

– އާމިނަތު ސާމިލާ ފައިންބީޗް/ ހދ. ވައިކަރަދޫ

– ޝިފާ އިސްހާގް ކޮރެލްރީފް/ ހދ. މަކުނުދޫ

– ފާރުމަތު ސުޒާ ވެހި/ ހދ. ހަނިމާދޫ

– މުހައްމަދު އިޝާމް މުނިޔާގެ/ ހދ. ފިނޭ

– މަންސޫހާ އަބްދުލްޣަނީ ސެހެނާޒް/ ހދ. ނައިވާދޫ

– ރާފިޢަތު ހަސަން ރަޝީދު ދިލްޝާދު/ ހދ. ނޮޅިވަރަންފަރު

– މުހައްމަދު މާއިލް މޫރިތި/ ހދ. ނެއްލައިދޫ

– ހަސަން ވަހީދު ވީނަސް/ ހދ. ކުރިނބީ

– ސަމާހަތު އަދުނާން ސަނީޑޭލް/ ހދ.ކުމުންދޫ

– އަބްދު ﷲ މާހިދު ވިދާތަރި/ ހދ.މަކުނުދޫ

– ނައުމާ މުހައްމަދު މަޒާ/ ހދ.ނޮޅިވަރަމް

– ޝައުފާ އަލީ މަލަސް/ ހދ.ނޮޅިވަރަމް

– އަހުމަދު މައާދު ފެމްލެޓް/ ހދ.ނޭކުރެންދޫ

– ޝިނާ ހުސެއިން ނަސީރު ބަހާރުގެ/ ހދ. ހިރިމަރަދޫ

ތިލަދެކުނު އުޖާލާތަރި ލިބުނު 12 ފަރާތް:

– ހަނާން މުހައްމަދު ނިޒާރު ކަސްތޫރިގެ/ ހދ. ކުޅުދުއްފުށި

– މުހައްމަދު މާއިދު އަބުދުލްމުހުސިން ހިތްފަސޭހަގެ/ ހދ. ކުޅުދުއްފުށި

– އަހްމަދު އިބްރާހިމް ވެންކޫވަރ/ ހދ. ކުޅުދުއްފުށި

– އަހުމަދު އަޒުހަރު ތަރި/ ހދ. ކުޅުދުއްފުށި

– ޝަހީދާ އިބްރާހިމް އޮއިވަރު/ ހދ. ކުޅުދުއްފުށި

– ޝާހިދު ހަސަން މުގޫ/ ހދ. ކުޅުދުއްފުށި

– މުހައްމަދު އިހްސާން ވިނަވި/ ހދ. ހިރިމަރަދޫ

– އިބްރާހިމް އަބްދުލްސައްތާރު ސަރާސަރު/ ހދ. ކުޅުދުއްފުށި

– އާމިނަތު ސާމިލާ ފައިންބީޗް/ ހދ. ވައިކަރަދޫ

– ޝިފާ އިސްހާގް ކޮރެލްރީފް/ ހދ. މަކުނުދޫ

– ހުޒާމް އަބުދުއްސަމަދު ކަނީރުގެ/ ހދ. މަކުނުދޫ

– ފާރުމަތު ސުޒާ ވެހި/ ހދ. ހަނިމާދޫ

ތިލަދެކުނު ތޫނު ފިލިތަރި ލިބުނުފަރާތް:

އަހްމަދު ޒަކަރިއްޔާ ހިތިގަސްދޮށުގެ/ ހދ. ކުޅުދުއްފުށި

ތިލަދެކުނު ހިންމަތްތެރިތަރި ލިބުނު ފަރާތް:

– ނަޝާ ނިޒާރު ޒަމްޒަމް/ ހދ.ކުޅުދުއްފުށި

– އަހްމަދު އަރުޝަމް ގުރަހާތަރި/ ހދ. ވައިކަރަދޫ

– ފާތިމަތު ނިހާލް މުހައްމަދު ކަސްމީރުވާދީ/ ހދ.ވައިކަރަދޫ

-ފައިހާ އަބްދުލްﷲ އަޤީލް ފަލްކަމް/ ހދ.ވައިކަރަދޫ

-އާޔަތު ﷲ ބުނު އަބްދުލްކަރީމް ފަންތި/ ހދ.ވައިކަރަދޫ

– އަމީން ފަސީލް ރިވަރެސް/ ހދ.ވައިކަރަދޫ

ހިންގުންތެރި މަދަރުސާގެ އިނާމު ލިބުނު 4 ފަރާތް:

– ހދ.ނައިވާދޫ ސުކޫލް

– ހދ. ނޮޅިވަރަމްފަރު ސުކޫލް

– ހދ. އަތޮޅު މަދަރުސާ

– ހދ. މަކުނުދޫ

ހިންގުންތެރި ކައުންސިލްގެ އިނާމް ލިބުން 2 ފަރާތް:

– ހދ.ނޭކުރެންދޫ ކައުންސިލް

– ހދ. ވައިކަރަދޫ ކައުންސިލް

ހދ އަތޮޅުގެ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމަކީ ހދ އަތޮޅުގައި އިލްމީ ގޮތުން ގާބިލް ޖީލެއް އުފެއްދުމާއި ހދ އަތޮޅު ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން ހޯދާ ޝަރަފްވެރި ވަނަތައް ފާހަގަކޮށް ހޮތްވަރުދިނުމާއި އެކު ދަރިވަރުންގެ މެދުގައި ވާދަވެރި ރޫހެއް އުފެއްދުމާއި އަތޮޅުފެންވަރުގައި އާއި ގައުމީ ފެންވަރުގައި ފާހަގަ ކުރެވޭ ހިދުމަތްތެރިންގެ އަގުވަޒަންކޮށް ހިތްވަރު ދިނުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355