ށ.ފުނަދޫ މަގުމަތީގައި ޖަހާފައި ހުރި ހޮޅިދަނޑިއަކުން ކަރަންޓުގައި ޖެހިގެން އެރަށު 12 އަހަރުގެ ކުއްޖަކު މަރު ވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އިއްޔެ ހަވީރު ހިނގި މި ހާދިސާގައި އެކުއްޖާ މަރުވެފައި ވަނީ ކުޅެން އުޅެފައި ފިލަން ވެގެން ފާރާއި ހޮޅިދަނޑިއާއި ދޭތެރެއަށް ވަދެ ހުއްޓަ ކަމަށެވެ.
ފުލުހުންވެސް ފުނަދޫގައި އުމުރުން 12 އަހަރުގެ ކުއްޖަކު ކަރަންޓްގައި ޖެހިގެން މަރުވިކަން ކަށަވަރުކޮށްދީފައި ވައިރު މި މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.