twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހޯރަފުށީ ސަޕޯޓަރުންތަކެއް އިހަވަންދޫގައި ހަމަނުޖެހުން ހިންގައިފި

Nov 28, 2016

ހއ އިހަވަންދޫގައި މިހާރު ކުރިއަށްދާ މުހައްމާ ވޮލީ މުބާރާތަށް ސަޕޯޓުކުރުމަށް ހޯރަފުށިން ދިޔަ ސަޕޯޓަރުންތަކަކާއި އިހަވަންދޫ ސަޕޯޓަރުންތަކެއް ދެމެދުގައި ހަމަނުޖެހުން ހިންގައިފި އެވެ. ހަމަނުޖެހުން ހިންގާފައިވަނީ ރޭ 10:30 ހާއިރު އެވެ.

މަންޒަރު ދުށް މީހަކު ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ހޯރަފުށީ ޓީމު ކުޅެން އޮންނަ ކޮންމެ ދުވަހަކުވެސް އެރަށުން ސަޕޯޓަރުން އައިސް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް، ހަޑި ހުތުރު ވައްތަރު ޖައްސައި ކަމަށެވެ

” ގަވައިދު އޮންނަ ގޮތުން ޓީމު އަންނައިރު ސަޕޯޓަރުންނެއް ނުގެނެވޭނެ. ދެން  އެމީހުން އަންނަނީ ޓީމާ ވަކިން. ހޯރަފުށީ ކުޅޭ ކޮންމެ ރެއަކުވެސް އެމީހުން އައިސް އެތަނުގައި އަވަގުރާނަ ގޮވައި ބައެއް ތަކެއްޗަށް ގެއްލުންދީ ހަދާ ” މަންޒަރު ދުށް މީހަކު ކިޔައިދިނެވެ.

އޭނާ ބުނީ ރޭ ހޯރަފުށީ ޓީމު ބަލިވުމުން އެރަށުގެ ސަޕޯޓަރުންތަކެއް އަވަގުރާނަ ގޮވައި ގައު އުކަން ފެށުމުން އިހަވަންދޫންވެސް ޒުވާނުންތަކެއް ނިކުމެ އެމީހުންނާ ކުރިމަތިލީ ކަމަށެވެ. މިހަމަނުޖެހުންތަކުގެ ތެރޭގައި ދެ ބައިން މީހުންވެސް ގަލާއި އެހެނިހެންތަކެތި އެއްބަޔަކު އަނެއް ބަޔަކާ ދިމާއަށް އުކައި، މާރާމާރީވެސް ހިންގި ކަމަށް އޭނާ ބުންޏެވެ.

ކޭއޯއަށް މައުލޫދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ  ރޭ އިހަވަންދޫގައި ހަމަނުޖެހުން ހިންގާފައި ވަނީ މެޗު ނިމުނު ވަގުތު ކަމަށާއި އެހެން ނަމަވެސް މި މައްސަލާގައި އެއްވެސް މީހަކު ހައްުޔަރުކޮށްފައި ނުވާކަމަށެވެ.

މި މެޗަށް ހޯރަފުށިން 300 އެއްހާ ސަޕޯޓަރުން ވަނީ ރޭ އިހަވަންދޫއަށް ގޮސްފަ އެވެ.

މުހައްމާ ކަޕް ވޮލީ ބޯޅަ މުބާރާތުގައި ރޭ އޮތީ ފައިނަލު މެވެޗެ. ފައިނަލް މެޗުގައި ބައްދަލުކޮށްފައިވަނީ އިހަވަންދޫ ކުރިމަގު ވޮލީޓީމާއި ހޯރަފުށީ ޔޫތު ޑިވޮލޮޕްމަންޓް ސޮސައިޓީ (ހައިޑްސް) އެވެ. ރޭގެ ފައިނަލު މެޗުން މޮޅުވީ އިހަވަންދޫ ކުރިމަގެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355