twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އެރަށެއްގެ ބިން ކަނޑައެޅުމާއި ގޯތި ދޫކުރުމުގެ ފުރިހަމަ އިހުތިޔާރު ކައުންސިލުތަކަށް އޮންނަ ޖެހޭ

Nov 28, 2016

އެރަށެއްގެ ބިން ކަނޑައެޅުމާއި ގޯތި ދޫކުރުމުގެ ފުރިހަމަ އިހުތިޔާރު އެރަށެއްގެ ކައުންސިލުތަކަށް އޮންނަ ޖެހޭނެކަމަށް ހއ އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވި ވެއްޖެ އެވެ.

ހއ އަތޮޅު ކައުންސިލުން ދޭ ތިލައުތުރު އުއްތަމަ އަރުތަވެރި އެވޯޑް ދިނުމަށް ރޭ ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމަދު ރަޝީދު ވިދާޅުވީ ކައުންސިލުތަކަށް ރައްޔިތުންނަށް ހިދުމަތް ކޮށްދެވޭނީ ލާމަރުކަޒީ ގާނޫނޫ ކައުންސިލުތަކަށް ދީފައިވާ ފުރިހަމަ ބާރު ކައުންސިލުތަކަށް ދީގެން ކަމަށެވެ. އެރަށެއްގެ ބިން ކަނޑައެޅުމާއި ގޯތި ދޫކުރުމުގެ ފުރިހަމަ އިހުތިޔާރު ކައުންސިލުތަކަށް އޮންނަ ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު ރަޝިދު ވިދާޅުވީގޮތުގައި، ލާމަރުކަޒީ ގާނޫނޫގައިވާ ގޮތަށް ރައްޔިތުންނަށް ރައްވެހިކަމުގެ ހިދުމަތްތައް ކައުންސިލުތަކަށް ނުދެވިގެން އުޅެނީ އެބާރުތައް ސަރުކާރުން ހިފަހައްޓާފައިވާތީ ކަމަށެވެ. އަތޮޅުގައި ހުންނަ ފަޅުތަކުންނާއި މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން އެންމެ ބައި ރުފިޔާއެއްވެސް އަތޮޅުތަކަކަށް ނުލިބޭ ކަމަށެވެ.

ރައްޔިތުންނަށް ރައްވެހިކަމުގެ ހިދުމަތްތައް ކައުންސިލުތަކަށް ދެވޭނީ ކައުންސިލުތައް ދުޅަހެޔޮވެގެން ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނު ކައުންސިލުތަކަށް ލިބި ދޭ އެންމެ ފުރިހަމަ ބާރުވެރިކަމާއި އެކީގައި ކައުންސިލުތަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތަކާ އެއްގޮތަށް ކައުންސިލްތަކަށް އެހީތެރިވެދެއްވުމަށާއި އެގާނޫނާ ފުރުއަރާ އެހެން ގާނޫނުތައް ބަދަލުކުރުމަށް މަޖިލިސް މެމްބަރުން ކިބައިން މުހައްމަދު ރަޝީދު އެދިލެއްވި އެވެ.

“ކައުންސިލްތަކުގައި ބަޖެޓް އޮތީ ވަރަށް ލޮއީފުކޮށް. އަޅުގަނޑުމެން ރައްޔިތުންނަށް ކިތައްމެއް ހިދުމަތެއްކޮށްދޭން ބޭނުން ވިޔަސް މިދެންނެވި ބަޖެޓް ހިފައިގެން އަޅުގަނޑުމެންނަށް ރައްޔިތުންނަށް މާ ބޮޑު ކަންތައްތަކެއް ކޮށްދެއްވޭކަށް ނޯވޭ. ރައްޔިތުންނަށް ހިދުމަތް ކުރަން ކިތައްމެއް ބޭނުންވިޔަސް މިދެންނެވި ބަޖެޓް ހިފައިގެން އަޅުގަނޑުމެންނަށް ރައްޔިތުންނަށް ހިދުމަތްތަކެއް ކޮށްދެވޭކަށް ނެތް.” ހއ އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355