twitterviber whatsapp telegramfacebookyoutube instagram
18th July 2025

ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭތީ މަގު ހެދުން ހުއްޓުމަކަށް

Nov 28, 2016

ކުޅުދުއްފުށީ މަގުތައް ހެދުމުގެ އަމަލީ މަސައްކަތްގައި އުޅޭ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭތީ، މަސައްކަތައް ނިކުތުމަށް ދެކޮޅު ހަދައިފި އެވެ. އެމީހުން މަސައްކަތް ނުނިކުތުމުން ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް މިހާރު އޮތީ ހުއްޓިފަ އެވެ.

އިތުބާރު ހުރި މަސްދަރު ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭތީ، އިއްޔެ ފެށިގެން މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.

މުވައްޒަފުންނަށް މުސާރަ ނުދެނީ ކިއްތަ މަހު ކަމެއް ސާފެއް ނުވި އެވެ. މިމަސައްކަތުގައި އަމަލީ ގޮތުން އުޅެނީ 15 ވަރަކަށް މުވައްޒަފުންނެވެ.

ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ސިއޭރާ ކޮމްޕެނީގެ ބަހެއް އަދި ވަނީ މިކަމުގައި ލިބޭ ގޮތް ނުވެފަ އެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު މަގު ހެދުމުގެ މަސައްކަތް އަލުން ފެށިފައިވަނީ މިއަހަރު ސެޕްޓެމްބަރުމަހުގެ ފަހު ކޮޅު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355