ރާއްޖޭގެ 73 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް، ޤައުމީ ދިދަނެގުމުގެ ރަސްމިއްޔާތު ކުޅުދުއްފުށީގައި ބާއްވައިފި އެވެ. މިރަސްމިއްޔާތު ބާއްވާފައިވަނީ އަތޮޅު ކައުންސިލްގެ އިދާރާގައި އެވެ.
ރޭ 12 ޖެހިއިރު، ހދ. އަތޮޅު ކައުންސިލްގެ އިދާރާގައި ބޭއްވި މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ، ކައުންސިލްގެ ރައީސް އަލްއުސްތާޛު އަހުމަދު އިބްރާހީމެވެ.
ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ކައުންސިލްގެ ބައެއް މެންބަރުންނާއި، މުވައްޒަފުން އަދި ކުޅުދުުއްފުށީގައިހުރި މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.