twitterviber whatsapp telegramfacebookyoutube instagram
13th September 2025

ހދ އަތޮޅުގެއަށް ބަޔަކު ވަދެ ގެއްލުންދީ، ވައްކަން ކޮށްފި

Nov 30, 2016

ހދ ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅުގެއަށް ބަޔަކު ވަދެ ބައެއް ތަކެތި ވަގަށް ނަގާ ގެއްލުން ތަކެއްދީފި އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ހދ އަތޮޅުކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ ވައްކަން ކޮށްފައިވާ ކަމަށް ބެލެވެނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށާއި ވައްކަން ކޮށްފައިވަނީ އަތޮޅު ގޭގެ ކުރީގެ އިމާރާތުގެ ތެރެއިން ކަމަށެވެ.

އެ މައްސަލަ ޕޮލިހަށް ހުށައަޅާފައިވާއިރު ވަގަށް ގެންގޮސްފައި ވަނީ ކޮން ތަކެއްޗެއްކަމެއް ބުނަން ނޭނގޭ ކަމަށާއި ގާތްގަނޑަކަށް 4 ކޮޓަރިއެއްގެ ސީލިންގ ހަލާކުކޮށްލާފައިވާ ކަމަަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އަތޮޅުގެއަށް ގެއްލުންދީ، ވައްކަން ކޮށްފައިވާކަން އެނގުނީ ރީޑިން ނެގުމަށް ހުޅުވުމުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން ޕޮލިހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ މި އިމާރާތް ސާފުކޮށް ބަލަހައްޓަމުން އަންނަނީ އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355