ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމަށް “ހަބޭސް 3” ގެ ނަމުގައި ފެނަކައިން މިއަދު ކުޅުދުއްފުށިގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ.
ކުޑަކުދިންގެ ހަވީރު އޮންނަނީ މިއަދު ހަވީރު ކުޅުދުއްފުށީ އާޓިފިޝަލް ބީޗް ސަރަހްއދުގައި ހެދި ފިނި މައިޒާނުގަ އެވެ.
ބޮޑުބެރު ޝޯ އަކާއި އެކު ކުރިއަށް ގެންދާ މިހަވީރުގައި ތަފާތު ގިނަ ކުޅިވަރުތައް ހުންނާނެ ކަމަށް ކުޅުދުއްފުށީ ފެނައިކަން މައުލޫމާތު ދެ އެވެ. ކުޅިވަރުތަކުގެ ތެރޭގައި މަސްބޭނުން، ގޯނިރޭސް، ކުލަޖެއްސުން، ފަދަ ކުޅިވަރުތައް ހިމެނެ އެވެ.
މިއީ ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމަށް ފެނަކައިން ކުރިއަށްގެންދާ ކުޑަކުދިންގެ ހަވީރެކެވެ.