twitterviber whatsapp telegramfacebookyoutube instagram
7th May 2024

“ގޯލްޑް 100” ލިސްޓިންގ އާއި ގާލާ އިވެންޓަށް ބީއެމްއެލް އިން އެހީތެރިކަން ފޯރިކޮށްދެނީ

Dec 1, 2016

ކޯޕަރޭޓް މޯލްޑިވްސްގެ ” ގޯލްޑް 100″ ލިސްޓިންގ އާއި ގާލާ އިވެންޓަށް ބޭންކް އޮފް މޯލްޑިވްސްއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.

އެގޮތުން “ގޯލްޑް 100” އަށް އެހީތެރިވުމުގެ ގޮތުން މިއަދު އެގްރީމެންޓުގައި ސޮއި ކޮށްފައި ވާއިރު މިއެއްބަސްވުމުގެ ދަށުން ބީއެމްއެލްއިން ސްޕޮންސަރކުރުމަށް ހަމަޖެހިފައިވަނީ ގޯލްޑް 100 މަޖައްލާ އާއި ރާއްޖޭގެ ބޮޑެތި ވިޔަފާރިތައް ހިންގަވާ އިސްފަރާތްތަކުގެ ބައިވެރިވުމާއެކު ބާއްވާ ގާލާ އިވެންޓެވެ.

“ގޯލްޑް 100” އަކީ ރާއްޖޭގެ ކުރިއަރާފައިވާ ކުންފުނިތަކާ ބެހޭގޮތުން އަހަރަކު އެއްފަހަރު ޝާއިއުކުރާ ލިސްޓެކެވެ. ކޯޕަރޭޓް މޯލްޑިވްސް އަކީ ވިޔަފާރި އާއި މާލީ ދާއިރާ އާ ގުޅޭ ހަބަރުތައް ގެނެސްދޭ އޮންލައިން މަޖައްލާއެކެވެ. ގޯލްޑް 100 ގައި ރާއްޖޭގައި ކުރިއެރުން ހޯދާފައިވާ 100 ވިޔަފާރީގެ ޕްރޮފައިލް ހިމެނޭއިރު އެކި ސިނާއަތްތައް ވަކި ވަކިން ވިޔަފާރިތައް ލިސްޓްކުރެވިގެންދާނެއެވެ.

މި ލިސްޓަށް ހުށަހެޅޭ ކުންފުނިތައް އިވެލުއޭޓްކުރުމަށް ހަމަޖެހިފައިވަނީ މިނިވަން ކޮންސަލްޓަންސީ ފާމަކުންނެވެ. މި ލިސްޓް އާންމުކުރެވިގެންދާނީ ގޯލްޑް 100 ގާލާ އިވެންޓްގައެވެ. މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 17 ޖަނަވަރީ 2017 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސް ގައެވެ.

ކޯޕްރޭޓް މޯލްޑިވްސް މަޖައްލާ ޝާއިއުކުރަނީ މޯލްޑިވްސް ގެޓަވޭސް ގެ ފަރާތުންނެވެ. މި އަހަރު ބޭންކުންވަނީ މޯލްޑިވްސް ގެޓަވޭސް އާއެކު ބޮޑު ތަރުހީބެއް ލިބިގެންދިޔަ ބީއެމްއެލް ގެސްޓްހައުސަސް ކޮންފަރެންސް 2016 ގައިވެސް ބައިވެރިވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355