ކުޅުދުއްފުށީ ކައުންސިލާއި މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއާ ގުޅިގެން ކުޅުދުއްފުށިގައި މިއަދު ފަށައި ނިޔަމިކަމުގެ ސެޓްފިކެޓް ލެވެލް ކޯހަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.
61 ފަރާތްތަކުން ވަނީ ކޯހުގައި ބައިވެރިވެފަ އެވެ. ކައުންސިލް މެމްބަރު އިބުރާހިމް ރަޝީދު ވިދާޅުވީ މި ކޯހަށް ބޮޑު ތަހުރީބެއް ލިބިފައިވާ ކަމަށެވެ. ކޯސް ކުރިއަށްދާނީ 2 ކުލާހަކަށް ބަހާލައިގެން، އަފީފުއްދީން ސްކޫލު ހޯލްގަ އެވެ.
އިބުރާހިމް ރަޝީދު ވިދާޅުވީ ކޯހުގެ އަގަކީ 1500 ރުފިޔާވީ ނަމަވެސް ކޮންމެ ބޭފުޅަކުވެސް ދައްކަން ޖެހޭނީ 1000 ރުފިޔާ ކަމަށެވެ. އިތުރުވާ 500 ރުފިޔާ ދައްކަނީ ކައުންސިލުން ކަމަށް އޭނާ ވިދާޅުވި އެވެ.
3 ދުވަހަށް ކުރިއަށް ގެންދާ މި ކޯސް މާދަމާ ފަށާ އިރު ކޯހުގައި ކިޔަވައިދެއްވާނީ މެރިޓައިމް އެކަޑަމީގެ ބޭފުޅުންނެވެ.