ލޯކަލް ކައުންސިލް އިންތިހާބު 2 މަސް ދުވަހަށް ފަސްކުރަން ސިވިލް ކޯޓުން ދާދި ދެންމެއަކު އަމުރުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށް ކައުންސިލު އިންތިހާބު ދެ މަހަށް ފަސް ކުރުމަށް އެދި މައްސަލަ ހުށަހަޅާފައިވަނީ ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުންނެވެ.
ދެ މަހަށް އިންތިހާބު ފަސްކޮށްފައިމިވަނީ އިލެކްޝަން ކޮމިޝަނުންގެ ވަކީލުން، އިންތިހާބު ފަސްކޮށްފިނަމަ ބޮޑެތި ގެއްލުންތަކެއް ވެދާނެކަމަށް ކޯޓުގައި ބުނެފައިވަނިކޮށެވެ.
ކުރިން އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ 14 ގައި އެވެ.މިގޮތަށް އަމުރުކުރީ އިންތިހާބު ބޭއްވެންދެން، މިހާރު ތިބި ކައުންސިލަރުން އެ މަގާމުގައި ދެމިތިބެވޭ ގޮތަށެވެ.