ޖަލާލުއްދީން ސްކޫލުގެ 2 ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެސްކޫލުގެ އޭރުގެ ސެޝަން އިންޗާޖުގެ މައްޗަށް މައްސަލަ ސާބިތުނުވެ، ސަލާމަތްވެއްޖެ އެވެ.
އެސްކޫލުގެ ފިރިހެން ލީޑިންގ ޓީޗަރެއް 2 ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމަށް ބުނެ ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ޖޫންމަހުގެ ތެރޭގަ އެވެ. ޝަރީއަތް ނިމެންދެން އޭނާ ހުރީ ކޯޓް އަމުރުގެ ދަށުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ހައްޔަރުގަ އެވެ.
ކުޑަކުދިންގެ މައްސަލަތަކަކީ ސިއްރުކޮށްގެން ކުރިއަށްގެންދާ މައްސަލަތަކަކަށްވާތީ، މިކަމާ ބެހޭ ތަފްސީލީ މައުލޫމާތު ވަނީ ނުލިބިފަ އެވެ.
މިކަމުގެ ތުހުމަތު އެ ފިރިހެން މީހާ ހައްޔަރުކުރީ ގުރޭޑް 9 ގައި ކިޔަވަމުންދާ 2 ދަރިވަރަކާ ބެހުނުކަމަށް ބުނެ އެވެ.