މުސާރައިގެ މައްސަލާގައި ކުޅުދުއްފުށީގައި މަގުތައް ހެދުމުގެ އުޅޭ ބިދޭސީ މުވައްޒަފުން މަސައްކަތް ހުއްޓާލުމަށް ފަހު މިއަދު އަލުން މަސައްކަތްތައް ނިކުމެއްޖެ އެވެ.
ކުޅުދުއްފުށީގެ މަގުތައް ހަދަނީ ސިއޭރާ ނަމަކަށް ކިޔާ ލަންކާ ކުންފުންޏަކުންނެވެ. ފާއިތުވި 3 މަހު އެމުވައްޒަފުންނަށް މުސާރަ ނުދޭކަމަށް ބުނެ ކުޅުދުއްފުށީ މަގު ހެދުމުގެ އަމަލީ މަސައްކަތް ހުއްޓާލީ މިދިޔަ އަންގާރަދުވަހު އެވެ.
އެކަން އެނގޭ އިތުބާރު ހުރި ފަރާތެއް ބުނީ މަސައްކަތައް އަލުން މުވައްޒަފުން ނިކުތީ، ކުންފުންޏާއެކު ވާހަކަ ދައްކާ 5 ދުވަހުގެ ތެރޭގައި މުސާރަ ލިބޭނެ ކަމަށް ބަލަ އެވެ.
ސިއެރާގެ ބަހެއް މިކަމުގަ ވަނީ އަދި ލިބޭ ގޮތް ނުވެފަ އެވެ.
މިހާރު ކުޅުދުއްފުށިގައި ކުރިއަށްދަނީ ތާރުއެޅުމުގެ ކުރިން ކޮންނަން ޖެހޭ ކޮނުންތައް ކޮނުމާއި ކާނުތައް ވަޅުލުމުގެ މަސައްކަތެވެ.