ހަނިމާދޫ އާއި ކޮލަމްބޯ ދެމެދު ވައިގެ ދަތުރުތައް ފަށައި ތިލަދުންމަތި ބޭރު ދުނިޔެއާ ގުޅުވާލަދިނުމަށް ހދ އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު އާތިފު ސަރުކާރަށް ގޮވާލައިފި އެވެ.
ކޭއޯއަށް މިރޭ އާތިފު ދެއްވި އިންޓަވިއުގެ ވިދާޅުވީ މިއަދު އައްޑޫ އާއި ކޮލަމްބޯ އާއި ދެމެދު ދަތުރުތައް ފެށިފައިވާއިރު އެފުރުސަތު އުތުރުގެ ރައްޔިތުންނަށްވެސް އޮންނަ ޖެހޭނެ ކަމަށެވެ. ހަނިމާދޫ އާއި ކޮލަމްބޯއާ ދެމެދު ވައިގެ ދަތުރުތައް ފެށިއްޖެނަމަ އުތުރު ޓޫރިޒަމް ފައްކާވެ، ސަރަހައްދަށް ފަތުރުވެރިކަން ތިޔާގިވެގެންދާނެ ކަމަށެވެ.
ކޮލަންބޯއަކީ ދުނިޔޭގެ ގިނަ ގައުމުތަކެއް ޓްރާންސިޓްކުރާ ތަނަކަށްވާއިރު އެކަމުގެ ސަބަބުން އުތުރު ރައްޔިތުންނަށް އެތައް ގޮތަކުން ފަސޭހަވެގެންދާނެ ކަމަށް އާތިފް ވިދާޅުވި އެވެ.
އާތިފް ވިދާޅުވީ މީގެ ކުރިންވެސް ހަނިމާދޫ އާއި ކޮލަމްބޯއާ ދެމެދު ދަތުރުތައް ފަށައިދިނުމަށް ސަރުކާރުގައި ދަންނަވާފައިވާނެކަމަށާއި ކުރިއަށް އޮތްތަނުގަވެސް އެކަމަށް މަސައްކަތްކުރާނެ ކަމަށެވެ.
ގައުމުތަކުގެ އިގްތިސާދީ މައި ގޭޓަކީ ވައިގެ ބަނދަރުތަކާއި ކަނޑުގެ ބަނދަރުތައްކަމަށާއި އެތަންތަނުގެ ބޭނުން ހޮޔޮގޮތުގައި ހިފަންޖެހޭކަމަށް އާތިފް ވިދާޅުވި އެވެ.