twitterviber whatsapp telegramfacebookyoutube instagram
5th May 2024

ދިރާގުން ފިޔަވަތީގެ ކުދިންނަށް ހާއްސަ ހަވީރެއް ބާއްވާ 5 ކޮންޕިއުޓަރާއި އިންޓަނެޓުގެ ހިދުމަތްދީފި

Dec 1, 2016

ހުޅުމާލެ ފިޔަވަތީގެ ކުދިންނަށް ދިރާގު މުވައްޒަފުން މިއަދު ވަނީ ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވާފައި އެވެ. އަދި ދިރާގުން ވަނީ އެތަނުގައި ގާއިމުކޮށްފައިވާ ކޮށްފައިވާ ކޮމްޕިއުޓަރ ލެބަށް ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް މުޅިން ހިލޭ ފޯރުކޮށްދިނުމުގެ އިތުރުން ވިލިގިލީގެ ކުޑަކުދިންގެ ހިޔާގައި ދިރާގުން 2013 ވަނަ އަހަރު ގާއިމްކޮށްފައިވާ ކޮންޕިއުޓަރ ލެބަށް 5 (ފަސް) ކޮމްޕިއުޓަރުވެސް ހަދިޔާ ކޮށްފައި އެެވެ.

ވޭތުވެދިޔަ ދެއަހަރެކޭ އެއްފަދައިން، ސްކޫލް ބަންދާއި ދިމާކޮށް ‘ހިޔާގެ’ ކުދިންނަށް މަޖާ އުފާވެރި މާހައުލެއް ހޯދައިދިނުމުގެ މަގްސަދުގައި ރަވާ ހިންގުނު ހަވީރެކެވެ.

ދިރާގުގެ ޕަބްލިކްރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލް ވިދާޅުވީ، “ސްކޫލު ބަންދަކީ ކިޔެވުމުގެ ދިގު އަހަރަކަށްފަހު ހުރިހާ ކުޑަކުދިންވެސް، އެކުދިންގެ އާއިލާއާ އެކު މަޖާކޮށް ހިތްހަމަޖައްސާލައި، ދަތުރުތައް ދިޔުމުގައި ވަގުތު ހޭދަ ކުރާ ދުވަސްކޮޅަކަށް ވުމުން، ހިޔާގައި ތިބި ކުދިންވެސް މަޖާކޮށްލައި ހިތްހަމަޖައްސާލުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. ކުޑަކުދިން ހިމާޔަތްކުރުމާއި އެކުދިންނަށް އަޅާލައި އެހީތެރިވުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ވަރަށް މުހިންމު ދާއިރާއެއް”

ދިރާގުން ދަނީ ކުޑަކުދިންގެ ހިޔާ އާއި ތަފާތު މިކުޅެދުންތެރިކަން ހުންނަ ކުދިންނަށް ގިނަ އެހީތަކެއް ދެމުންނެވެ.

-ދިރާގުން މިހާރުވެސް އަންނަނީ އެކި ގޮތްގޮތުން ކުޑަކުދިންގެ ހިޔާއަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށާއި ދިރާގުގެ މުވައްޒަފުން ސްޕޮންސަރ ކުރުމުގެ އިތުރަށް ދިރާގުން މިހާރުވެސް އަންނަނީ ކުޑަކުދިންގެ ހިޔާއަށް 2008 ވަނަ އަހަރުން ފެށިގެން ޕޭރަންޓަލް ކޮންޓްރޯލާއިއެކު ހިލޭ އިންޓަނެޓް ފޯރުކޮށްދެމުން ކަމަށް ދިރާގުުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355