twitterviber whatsapp telegramfacebookyoutube instagram
20th April 2024

މިއަހަރު މުދަލު ޒަކާތް ދައްކާފައިވަނީ 10 އިންސަތަ މީހުން: މިނިސްޓަރު

Dec 3, 2016

އިސްލާމްދީނުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ޒަކާތް ދައްކާ މީހުންގެ އަދަދު ރާއްޖޭގައި މަދުވަމުން އަންނާތީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ތެލެސީމިޔާ ބަލީގެ ހަ ކުއްޖަކަށް ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ތަނަވަސްކޮށްދީ، އެކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީން ބުނީ މުދަލަތު ޒަކާތް ދައްކަން ޖެހޭ މީހުންގެ ތެރެއިން މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތް ދައްކާފައިވަނީ އެންމެ 10 ޕަސެންޓު މީހުން ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ ވަރަށް ހިތާމަހުރި ކަމެއް ކަަމަށާއި ސަރުކާރުން ރައްޔިތުންނަށް އިޖުތިމާއީގޮތުން އެތައް ކަންތައްތަކެއް ކޮށްދެމުންދާއިރު ސަރުކާރުގެ އެ މަސައްކަތަށް އެހީތެރިވާން ތިބި ބަޔަކީ މުޖުތަމައުގައި ތިބި ފޯރުންތެރި މީހުން ކަމަށެވެ.

އަދި ޒަކާތު ފަންޑަކީ އިޖުތިމާއީ ގިނަ ކަންކަމަށް ހަރަދުކުރެވޭ ފަންޑެއް ކަމަށާއި މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރެވޭނީ އެންމެން އެއްބާރުލުން ދީގެން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ދިވެހިންނަކީ ދީނީގޮތުން މިހާރަށްވުރެ ހޭލުންތެރި ބަޔަކަށްވެ ޒަކާތާމެދު އިތުރަށް ސަމާލުކަން ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބަށް ބަލާއިރު 2014 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 30 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2015 ވަނަ އަހަރު ލިބިފައިވަނީ 41 މިލިއަން ރުފިޔާއެވެ. ނަމަވެސް 2016 ވަނަ އަހަރުގެ މިހާތަނަށް ލިބިފައިވަނީ 34 މިލިއަން ރުފިޔާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355