twitterviber whatsapp telegramfacebookyoutube instagram
5th November 2025

ހދ އަތޮޅުގެ އަށް ގެއްލުންދީ ވައްކަން ކުރި މައްސަލާގައި 4 ކުޑަ ކުއްޖަކާއި ޒުވާނަކު ހައްޔަރުކޮށްފި

Dec 3, 2016

ހދ އަތޮޅުގެ އަށް ގެއްލުންދީ އެތަނުން ވައްކަން ކުރި މައްސަލާގައި 4 ކުޑަ ކުއްޖަކާއި 19 އަހަރުގެ ޒުވާނަކު ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހައްޔަރުކޮށްފި އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ 4 ފިރިހެން ކުއްޖަކާއި 19 އަހަރުގެ މީހެއް ކަމަށެވެ.

އަތޮޅުގެއަށް ގެއްލުންދީ، ވައްކަން ކޮށްފައިވާކަން އެނގުނީ ރީޑިން ނެގުމަށް ހުޅުވުމުންކަމަށާއި އެތަނަށް ބަޔަކު ވަދެ ގާތްގަނޑަކަށް 4 ކޮޓަރި ސީލިންގ ހަލާކުކޮށްލާފައިވާކަމަށް އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އިބުރާހިމް ވަނީ ވިދާޅުވެފަ އެވެ. އެތަނުން ވަގަށް ގެންގޮސްފައިވަނީ ކޮން ތަކެއްޗެއް ކަމެއް ނޭނގޭ ކަމަށް އަތޮޅު ކައުންސިލުން ބުނެ އެވެ.

ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ މި އިމާރާތް ސާފުކޮށް ބަލަހައްޓަމުން އަންނަނީ އަތޮޅު ކައުންސިލުންނެވެ. ނަމަވެސް އެތަނުގެ ސެކިއުރިޓީ ބެހެލެއްޓުމަށް މިނިސްޓްރީ ފައިސާ ހަމަޖައްސާފައިނުވާތީ، ސެކިއުރީޓިއެއް ބަލަހައްޓަމަކުންނެއް ނުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355