twitterviber whatsapp telegramfacebookyoutube instagram
14th August 2026

ހއ.ހޯރަފުށީގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފި

Dec 3, 2016

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހއ.ހޯރަފުށީގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފި އެވެ.

ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެރޭ ހިންގި މި އޮޕަރޭޝަނުގައި ހޯރަފުށީގައި މަސައްކަތްކުރާ ފުލުހުންވަނީ ވެހިކަލް ޗެކް ޕޮއިންޓް ގާއިމްކޮށް އުޅަނދުތައް ބަލައިފާސްކޮށް އަހަރީ ފީއާއި ރޯޑްވާދިނަސް އާއި އިންސުއަރެންސް މުއްދަތު ހަމަވެފައިވޭތޯ ބަލާފައެވެ.

އެގޮތުން މި އޮޕަރޭޝަނުގައި 20 އުޅަނދެއް ބަލައިފާސްކޮށްފައިވާއިރު ގަވާއިދާ ހިލާފުވި 4 ފަރާތަކާމެދު ވަނީ ފިޔަވަޅު އަޅާފައި އެވެ.

މާލެއާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންދަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުންނާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސިލްސިލާކޮށް އޮޕަރޭޝަންތައް ހިންގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355