ރަޝިޔާގެ ހައި ސްކޫލެއްގައި ކިޔަވަމުންދާ ޒުވާނަކު އަތްނެތް މީހުންނަށް ކޮންޕިއުޓަރ ބޭނުން ކުރެވޭ ގޮތަށް “ފައިވާން މައުސްއެއް” ހަދައިފި އެވެ.
ކޮމްޕިއުޓަރގައި ބޭނުން ކުރެވޭ އާދައިގެ މައުސްއެއް މި ފައިވާނުގެ އެތެރޭގައި ހިމެނިގެން ދާނެކަމަށާއި އަދިރީގަައި ދިއްލޭގޮތަށް ލެޓް ރިބަން އިން ވަނީ ފައިވާން ޖަރީ ކުރެވިފައި އެވެ. އަދި ލެޓް ބޮކި ލުމުގެ އެންމެ ބޮޑު ބޭނުމަކީ ރޭގަނޑު ފެނުމަށް އުދަނގޫ މީހުން އުޅުމާއި އެކު ރޭގަނޑު ހޯދުމަށް ފަސޭހަ ކުރުމަށް ކަމަށެވެ.
އަދި ފައިވާން ވަނީ އަރައިން އުޅުމަށް ފަސޭހަ ވާނެ ގޮތަށް ހަރުކޮށް އެކަމަކު އުފުލާއިރު ލުއިވާނެ އެވެ. އަދި ގިނައިރު އަރައިން އުޅުނީމަ ހޫނު ނުވާނެހެން ފައިވާން ވާނީ ތައްޔާރު ކުރެވިފައި ކަަމަށް ހަބަރުތަކުން ބުނެއެވެ.
ފައިވާން މައުސް ހެދު ޒުވާނާ
ސާރްގޭ ހެލްޔަވިން ނަމަކަށް ކިޔާ މި ޒުވާނާގެ ފައިވާން މައުސް ވަނީ ފުރަތަމަ ޓެސްޓް ކޮށްފައި އެވެ. އެގޮތުން ފައިވާން މައުސްއާ ކުޅެން ފަރިތަވުމުން ކޮންޕިއުޓަރުން ގޭމް ކުޅެންވެސް ވަރަށް ފަސޭހަ ކަމަށް ސާރްގޭ ބުންޏެެވެ. އަދި އޭނަ ބުނިގޮތުގައި މި ފައިވާން ހެދުމުގެ ވިސްނުން އޭނައަށް ލިބިގެން ދިޔައީ 2015 ވަނަ އަހަރު ކަމަށެވެ. އެއީ އޭނަގެ ސުކޫލްގައި އުޅޭ އެކަހަލަ ކުދިންނަށް އާދައިގެ ކޮންޕިއުޓަރ މައުސް އެއް ބެނުން ނުކުރެނިގެން އުޅޭތަންވެސް ފެންނުމުނެނެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ކުލާސްތަކެއް އެ ސްކޫލްގައި ކުރިއަށް ގެންދެއެެވެ. އެގޮތުން ސާރްގޭ ދެން ބޭނުންވަނީ ވަޔާލެސް ކޮށް ފައިވާން މައުސްއެއް ތައާރަފް ކުރުންކަމަށް ވަނީ ބުނެފައި އެވެ.