twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އެމްއެމްސީގެ އިންތިހާބު ޑިސެމްބަރު 12 ގައި

Dec 5, 2016

ފަސްކޮށްފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އިންތިހާބު އަންނަ ހަފްތާގެ ހޯމަ ދުވަހު ބޭއްވުމަށް ހޯމް މިނިސްޓްރީން ނިންމައިފި އެވެ.

ޑިސެމްބަރު ދެ ވަނަ ދުވަހުގެ ހަވީރު ބާއްވަން އޮތް އެމްއެމްސީގެ އިންތިހާބު ފަސް ކޮށްފައިވަނީ އިންތިހާބު ބޭއްވުމަށް 24 ގަޑިއިރަށް ވުރެ ވެސް ގާތްވެފައި ވަނިކޮށެވެ. އެއީ އިންތިހާބާ ގުޅޭ ގޮތުން ގިނަ ބަޔަކު ޝަކުވާ ހުށަހަޅަމުން ދާތީ އާއި އިންތިހާބާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް ހުށަހަޅާފައި ވާތީ އެވެ.

އެމްއެމްސީގެ އިންތިހާބުގެ ވޯޓުލުން ޑިސެމްބަރު 12 ވާ ހޯމަ ދުވަހު ހަވީރު އެ މިނިސްޓްރީގައި އޮންނާނެ އެވެ.

މީޑިއާ ކައުންސިލްގައި ތިބޭ 15 މެމްބަރެއްގެ ތެރެއިން 13 މެމްބަރެއްގެ ދައުރު ވަނީ ހަމަވެފައެވެ. އެގޮތުން ދައުރުގެ މުއްދަތު ހަމަވި މެމްބަރުންގެ ތެރޭގައި އެމްއެމްސީގެ ރައީސް މުހައްމަދު އާސިފާއި އެ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝަރީފު ނަފީސް ވެސް ހިމެނެ އެވެ. އެމްއެމްސީގެ މެމްބަރު ކަމުގައި މިހާރު ތިއްބެވި ދެ މެމްބަރުންނަކީ “އަވަސް” އޮންލައިންގެ ފަރާތުން އިންތިހާބުވި މުހައްމަދު އަފްޒަލް އާމިރާއި އާންމުންގެ ތެރެއިން އެ ކައުންސިލަށް އިންތިހާބުވި މުހައްމަދު ހައްސާނެވެ. އެ ދެ މެމްބަރުންނަކީ މިހާރު ހިނގަމުންދާ މީޑިއާ ކައުންސިލްގެ ތިން ވަނަ ދައުރުގެ މެދުތެރެ އިން އިންތިހާބު ކުރި ދެ މެމްބަރުންނެވެ.

މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެން ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށެވެ. އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލުމުން 86 މީޑިއާއަކުން ވަނީ ރަޖިސްޓްރީކޮށްފައެވެ. ރަޖިސްޓްރީ ކުރި މީޑިއާތަކުގެ ތެރޭގައި ނުހިންގާ މީޑީއާތަކުން ވެސް ވޯޓު ދިނުމަށް ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި ރަޖިސްޓްރީ ކުރިތާ ތިން މަސް ހަމަނުވާ މީޑިއާތަކުން ވެސް ވޯޓު ދިނުމަށް ރަޖިސްޓްރީކޮށްފައިވެ އެވެ.

އަދި މިފަހަރުގެ އިންތިހާބުގައި މީޑިއާތަކަށް ދީފައިވާ ހަތް ޖާގައަށް 17 ފަރާތަކުން ވާދަކޮށް އަމިއްލަ ގޮތުން މީޑިއާ ކައުންސިލަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ހަ ފަރާތެއް އިންތިހާބު ކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355