ހދ ވައިކަރަދޫ ސިއްހީ މަރުކަޒުގައި ޑޮކްޓަރެއްނެތިގެން ހިދުމަތް ދިނުމަށް ދަތިވެފައިވާ ކަމަށް އެ މަރުކަޒުން ބުނެފި އެވެ.
މިދިޔަ ހޮނިހިރު އެ މަރުކަޒުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ މަރުކަޒުގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރ ޝަޕަމް ކިރަން ސިންގ 3 ޑިސެމްބަރ އިން ފެށިގެން އަހަރީ ޗުއްޓީ ފައްޓަވާފައިވަތީ ހިދުމަތް މެދުކެނޑިފައިވާ ކަމަށާއި ޑޮކްޓަރެއް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.
ކޭއޯއަށް މައުލޫމާތު ދެމުން އެ މަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އޮޕިޝަރ ވިދާޅުވީ އަދި ޑޮކްޓަރެއް ހަމަޖެހިފައިނުވާ ކަމަށާއި މިހާރު ހަމަޖެހިފައިވަނީ ހަފްތާ އަކު ތިން ދުވަހު އޯޕީޑީގެ ހިދުމަތް ދިނުމަށް ކަމަށެވެ. އަދި ޑޮކްޓަރެއް ހޯދުމަށް މިނިސްޓްރީއާ އެކު މަޝްވަރާ ކުރެވެމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޑޮކްޓަރެއް ލިބުނުހާ އަވަހަށް ކުރިއެކޭ އެއްގޮތަށް ހިދުމަތް ލިބޭނެ ކަމަށް އެ މަރުކަޒުން މައުލޫމާތު ދެއެވެ.