twitterviber whatsapp telegramfacebookyoutube instagram
5th May 2024

އީޒީ ހެލްތުކެއަރލައިން މެދުވެރިކޮށް ފަސޭހައިން ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހެއްދުމުމުގެ ފުރުސަތު

Dec 6, 2016

ރާއްޖެ ތެރެއިން ބޮޑު ބަންދާ ދިމާކޮށް މާލެއަށް ޑޮކްޓަރަށް ދެއްކުމަށް ދާ ފަރާތްތަކަށް ފަސޭހަ ކަމާއިއެކު އެޕޮއިންޓްމެންޓް އަދި މެމޯ ހެދުމުގެ ފުުރުސަތު އީޒީ ހެލްތްކެއާރލައިން އިން ހުޅުވާލައިފި އެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން އީޒީ ހެލްތުކެއާރ ލައިންގެ އޮފިޝަލަކު ވިދާޅުވީ އެފަރާތުން އެޕޮއިންޓްމެންޓް ހައްދަވަން ބޭނުންވާ ކްލިނިކަކުން ނުވަތަ ދައްކަވަން ބޭނުންވާ ޑޮކްޓަރަކަށް ބަލި މީހާ މާލެ އައިސް ހުންނަ ދުވަހާ ދިމާކޮށް އެޕޮއިންޓްމެންޓް ހައްދައި ދޭނެ ކަމަށެވެ.

އެގޮތުން ބޮޑަށް އިސްކަން ދެނީ ހޮސްޕިޓަލްތަކަށް ވުރެ ކްލިނިކް ތަކުގައި ތިއްބަވާ ޑޮކްޓަރުންނަށް ކަމަށާއި ސަބަބަކީ ހޮސްޕިޓަލްތަކުން ވެއިޓިން ލިސްޓްގައި މަޑުކޮށްލުމަށް ޖެހުމާއިއެކު ބަލި މީހާ މާލެއައިސް ހުންނަ ދުވަސްކޮޅާއި ދިމާކޮށް އެޕޮއިންޓްމެންޓް ނުލިބިދާނެތީ ކަމަށެވެ. ނަމަވެސް އެޑޮކްޓަރަކު ކްލިނިކެއްގައި މަސައްކަތް ކުރައްވާނަމަ އެކްލިނިކަކުން ޑޮކްޓަރަށް ދެއްކޭނެގޮތް ހަމަޖައްސައި ދޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އެޕޮއިންޓްމެންޓް ހައްދައި ދެނީ 30 ރުފިޔާއަށް ކަމަށާއި ރުފިޔާ ދައްކާލަން ޖެހޭނީ އެޕޮއިންޓްމެންޓް ހަމަޖެހުމުން ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން 9180044 އަށް ގުޅުއްވުމަށް އެފަރާތުން އެދެ އެވެ.

އީޒީ ހެލްތްކެއާރލައިން އަކީ އަމިއްލަ ފަރާތަކުން މި މަހު 1 ން ފެށިގެން ކުރިއަށް ގެންދާ ހިދުމަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355