ހދ ވައިކަރަދޫ ސިއްހީ މަރުކަޒުގައި ވަޒީފާ އަދާކުރާ ހަމައެކަނި ޑޮކްޓަރު ޗުއްޓީއަށް ދިއުމުން، ހިދުމަތް މެދުކެނޑިފައި އޮތުމަށް ފަހު މިއަދު ޑޮކްޓަރެއް ހަމަޖެހި އަލުން ބަލި މީހުން ބަލަން ފަށައިފި އެވެ.
ވައިކަރަދޫ ސިއްހީ މަރުކަޒުގެ ސީނިއާ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ މިއަދު ހެނދުނު ފެށިގެން އޯޕީޑީގައި ބަލި މީހުން ބެލުމަށް ވަގުތީ ޑޮކްޓަރެއް ހަމަޖެހިފައިވާކަމަށެވެ.
އޮފިޝަލް ވިދާޅުވީ ޗުއްޓީއަށް ވަޑައިގަންނެވި ޑޮކްޓަރުގެ ބަދަލުގައި އަންނަ ޑޮކްޓަރު މިއަދު މެންދުރުފަހު އެރަށަށް އަންނާނެ ކަމަށެވެ. އަދި އެ ޑޮކްޓަރުގެ މަސައްކަތް މެންދުރު ފަހު ފަށައިގަންނަވާނެ ކަމަށް އެމަރުކަޒުން ބުނެ އެވެ.
މިދުވަސް ވަރު ވައިކަރަދޫގައި ރޯގާއެއް ފެތުރެމުންދާކަމަށް ބައެއް މީޑީއާތަކުގައި ޝާއިރުކުރަމުންދާތީ، އެކަން ވަނީ އެމަރުކަޒުން ދޮގުކޮށްފަ އެވެ. އެމަރުކަޒުން ބުނީ ސިއްހީ މިންގަނޑުން ބަލާއިރު އެރަށުގައި ރޯގާއެއް މިދުވަސްވަރު ފެތުރެމުން ނުދާކަމަށް އެތަނުން ބުނެ އެވެ.