ގައިދީނަށް ކިޔަވައިދިނުމަށް ޒަމާނީ ވަސީލަތްތައް ގާއިމްކޮށް އިތުރު 4 ކުލާސް ރޫމް މާފުށީ ޖަލުގައި ހުޅުވައިފި އެވެ.
ގައިދީންނަށް ކިޔަވަދީ އުނގަންނައި ދިނުމަށް ބޭނުންވާ ކްލާސްރޫމް އިތުރުކޮށް އެމީހުންނަށް ރަނގަޅު ތަރުބިއްޔަތު ދިނުމަށްޓަކައި މާފުށީ ޖަލުގައި ގާއިމް ކުރި މި ކުލާސް ރޫމްތައް ހުޅުވައި ދެއްވީ ހޯމް މިނިސްޓަރ އަޒްލީން އަހުމަދެވެ.
މި ކްލާސްރޫމް ތަކަކީ އޭސީ ކުރެވިފައި، ސްމާޓް ބޯޑާއި މަލްޓިމީޑިއާ ޕްރޮޖެކްޓަރު ފަދަ ކިޔަވައިދިނުމަށް ބޭނުންކުރާ ޒަމާނީ ވަސީލަތްތައް ގާއިމު ކޮށްފައިވާ ކުލާސްތަކެކެވެ.
މި ކުލާސް ރޫމްތަކުގެ ސަބަބުން ޖަލުގައި ތިބި ގައިދީންނަށް ފަސޭހަކަމާއި އެކު ކިޔަވަން ތިބުމުގެ ފުރުސަތު ފަހިވެ ޖާގައިގެ ދަތިކަން ހައްލެއް ލިބިގެން ދާނެ އެވެ.
މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރުގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު ޝިހާން އާއި ކަރެކްޝަންސްގެ އިސްވެރިން ބައިވެރިވެފައިވެ އެވެ.