ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލުގެ ސްކޭނިންގ ޑޮކްޓަރު ޗުއްޓީ ދިއުމުން، އާއްމު ސްކޭންކުރުން ހުއްޓިއްޖެ އެވެ. އާއްމު ސްކޭނިންގ ކުރަންދާ ފަރާތްތައް މާލެ ގޮސް ސްކޭނިންގ ކުރުމަށް ހޮސްޕިޓަލު ލަފާދެ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ސޯޝަލް ސާވިސް މެނޭޖަރު އިބުރާހިމް ވަހީދު ވިދާޅުވީ ސްކޭން ޑޮކްޓަރު އަހަރީ ޗުއްޓީއަށް ގޮސްފައިވާތީ އާއްމު ސްކޭންތައް ކުރުން މިވަގުތަށް ހުއްޓިފައިވާ ކަމަށެވެ.
ނަމަވެސް މާބަނޑު މީހުން ސްކޭން ކުރުމުގެ ކަންތައް އަންހެންނުން ޑޮކްޓަރުން ކުރިއަށްގެންދަވާނެ ކަމަށް ވަހީދު ވިދާޅުވި އެވެ. އާއްމު ސްކޭނިންގ ތައް ފެށޭނީ ޑޮކްޓަރު ޗުއްޓީ ނިންމާފައި އައުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލަށް ސްކޭންކުރުމަށްދާ މީހުން ބުނީ ހޮސްޕިޓަލުން ސްކޭން ނުކުރެވޭނެތީ މާލެ ދިއުމަށް އެތަނުގެ ޑޮކްޓަރުން ލަފާ ދެމުންދާ ކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ މައި ހޮސްޕިޓަލަށްވާއިރު އެތަނުގެ ގިނަ ހިދުމަތްތަކާ މެދު ރައްޔިތުން ހިއްހަމައެއް ނުޖެ އެވެ