ޗިކާގޯގެ ހައި ސުކޫލެއްގައި ކިޔަވަމުން ގެންދާ 14 ދަރިވަރެއް ގަމީ ބެއާ ތަކެއް ކައިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފަރުވާދީފި އެވެ.
އެގައުމުގެ މީޑިއާތަކުން ބުނާ ގޮތުގައި އެކުދިން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ގަމީ ބެއާ ކޭ ފަހުން ބޯއަބުރާ، ހިތް އަވަސްވެފައި އަނގަ ހިކިފައި ހުރުމުގެ ސަބަބުން ކަމަށެވެ.
މި ކޭންޑީ ކެއުމުގެ ސަބަބުން އެކުދިން ވަރުބަލިވެ އުދަނގޫވާން ފެށި ކަމަށާއި މިހާރު ބައެއް ކުދިން ފަރުވާ ދިނުމަށްފަހު ފޮނުވައި ލެވިފައިވާއިރު 2 ކުދިންނަށް އަދިވެސް ދަނީ ހޮސްޕިޓަލުން
ފަރުވާ ދެމުން ކަމަށް އެސްކޫލުގެ އޮފިސަލުންނާ ހަވާލީދީ ބޭރުގެ މީޑީއާތަކުން ބުނެ އެވެ. އަދި އެޑްމިޓްކޮށްފައި ތިބި ދެ ކުދިންގެ ހާލުވެސް ރަނގަޅުވަމުން އަންނަކަމަށް ސްކޫލުން ބުނެ އެވެ.
އެގައުމުގެ ފުލުހުން ބުނީ އެޓްމިޓްކުރި ކުދިންގެ ސިއްހީ ރިޕޯޓްތަކުން މަރުޖުވާނާގެ ދިޔާ ބާވަތެއް ބޭނުންިކޮށްފައި ހުރިކަން އެނގޭކަމަށާއި އެކުދިން ކޭ ގަމީ ބޭއަރތަކުގެ ބޭރުގައި ދިޔާ އެއްޗެއް ހާކާފައި ހުރިކަން ފާހަގަކުރެވޭކަމަށް ފުލުހުން ބުނެ އެވެ
މިމައްސަލައިގައި އެސްކޫލުގެ 17 އަހަރުގެ ކުއްޖަކު ވަނީ ފުލުހުން ހައްޔަރުކޮށް، މައްސަލަ އިތުރަށް ތަހުގީގުކުރަން ފަށާފަ އެެވެ.