ދަބަރަށްވެ ހަލާކުވެފައިވާ ކުޅުދުއްފުށީ ސްޓޭޑިއަމްގެ ފުރާޅު މަރާމާތުކުރުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް(އެމްއާރުޑީސީ) އާ ހަވާލުކޮށްފި އެވެ.
3 ލައްކައަށް ވުރެ ގިނަ ރުފިޔާއަށް ހަވާލުކުރި މި ޕްރޮޖެކްޓް ސައިޓް ހަވާލުކުރާތާ 15 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. ނަމަވެސް މަސައްކަތް ފަށާނެ ދުވަހެއް އަދި ނޭނގޭކަމަށާއި އަވަސް މުސްތަގުބަލެއްގައި މަސައްކަތް ފެށިގެންދާނެ ކަމަށް ސްޓޭޑިއަމް ބުނެ އެވެ.
މިމަޝްރޫއުގެ ދަށުގެ ސްޓޭޑިއަމް ފުރާޅުގެ ޓިނުތައް ބަދަލުކުރުމާއި ދަބަރަށްވެފައި ހުރި ޓްރެސްތައްކާއި ދަގަނޑު ބެރިތައް ބަދަލުކުރާނެ އެވެ.
ސްޓޭޑިއަމް ސިޑިބަރީގެ ފުރާޅު މަރާމާތުކުރުމަށް ހަވާލުކޮށްފައި މިވަނީ އެތަނުގެ ފުރާޅުގެ ޓިނުގަނޑެއް ނެއްޓި، ވަރަށް ބޮޑަށް ބާވެފައިވަނިކޮށެވެ.