twitterviber whatsapp telegramfacebookyoutube instagram
5th May 2024

ހުކުމްތަކާއި ނިންމުންތައް ބަލާލެވޭ އެޕްލިކޭޝަނެއް ޑީޖޭއޭ އިން ތައާރަފު ކޮށްފި

Dec 7, 2016

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ސުޕްރީމް ކޯޓާއި ހައިކޯޓުގެ ހުކުމްތަކާއި ނިންމުންތައް ބަލާލެވޭ އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ.

ފަސޭހަކާމާއި އެކު ފޯނުން ހުކުމްތައް ބަލާލެވޭގޮތައް “ލޯ ރިޕޯޓް ޑޭޓާބޭސް”ގެ ނަމުގައި ހަދާފައިވާ މި އެޕްލިކޭޝަނަކީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ގަވާއިދުތައް އަދި ގަރާރުތަކާއި އުސޫލުތަކާ ޝަރުއީ ނިންމުތައް އެއްތަން ކުރެވިފައިވާ ޑޭޓާބޭހެއް ކަމަށް ޑީޖޭއޭ އިން މައުލޫމާތު ދެއެވެ.

މި ޑެޓާބޭހުގައި ލޯ ރިޕޯޓިން ފަސްބަޔަކަށް ބެހިފައިވާއިރު އެއީ ގާނޫނު، ގަވާއިދު، އުސޫލު، ގަރާރު އަދި ޝަރުއީ ހުކުމެވެ. ޑޭޓާބޭހުގައި ގާނޫނުތައް ގިންތިތަކަށް ބަހާފައިވާއިރު ކޮންމެ ގިންތިއެއްގައިވެސް އެ ގިންތިއެއްގައި ހިމެނޭ ގާނޫނުތައް ވަނީ ލިސްޓްކޮށްފަ އެވެ. އަދި ގާނޫނަކަށް އިސްލާހެއް އައިސްފައިވާނަމަ، އެ އިސްލާހެއް އައިސްފައިވާކަން ވާތްފަރާތުގެ މަތީގައިވާ “އިތުރު މައުލޫމާތު” ލިންކްއިން ހައިލައިޓްވެފައި ހުރެ އެވެ.

ލޯ ރިޕޯޓިން ފަސް ބަޔަކަށް ބަހާފައިވާއިރު ކޮންމެ ސްކްރީނެއްވެސް ފަރުމާ ކުރެވިފައިވަނީ އެ ސްކްރީނެއްގައި ހިމެނޭ ގިންތިއެއްގައި އެކުލެވޭ ބައިތައް ފިލްޓާ ކުރެވޭ ގޮތަށް، އަދި އިތުރު ސްކްރީނަކަށް ނުގޮސް ޕީޑީއެފްކޮށް ބަލާލެވޭ ގޮތަށެވެ. ބޭނުންނަމަ ޕީޑީއެފް ޑައުންލޯޑުވެސް ކުރެވެ އެވެ.

މިއީ ރާއްޖޭގައި މިފަދަ އެޕްލިކޭޝަންއެއް ތައާރަފް ކުރެވުނު ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355