twitterviber whatsapp telegramfacebookyoutube instagram
8th May 2024

ރާއްޖޭގައި ހެލިކޮޕްޓަރު ދަތުުރުތައް އަލުން ފަށަނީ

Dec 8, 2016

ރާއްޖޭގައި ވިޔަފާރި އުސޫލުން އަލުން ހެލިކޮޕްޓަރ ދަތުރު ފެށުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމަވައިިފި އެވެ.

ބައިނަލްއަގްވާމީ އަދި މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަސް ފާހަގަކުރުމަށް ދަރުބާރު ގޭގައި ރޭގަ ބޭއްވި ހަފުލާގައި ވާހަކަ ދައްކަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އަލުން ރާއްޖޭގައި ހެލިކޮޕްޓަރުގެ ދަތުރުތައް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި އެކަމުގެ ގަވައިދުތަކާއި އުސޫލުތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެެވެ.

އެގޮތުން ހެލިކޮޕްޓަރުގެ ދަތުރުތައް އަލުން ފެށުމުގެ ހުއްދަ ދޭނީ އެކަމަށްޓަކައި ހަދަންޖެހޭ ސަލާމަތީ ހުރިހާ އެސެސްމަންޓްތަކެއް ހެދުމަށްފަހު ކަމަށާއި މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކެއްގެ ރަނގަޅު ޕްރޮޕޯސަލްތަކެއް ވެސް ލިބެމުންދާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

އަދި މި މަސައްކަތް އަލުން ފެށުމަށް މީގެ ކުރިން ހެލިކޮޕްޓަރުގެ ދަތުރުތަކުގެ ކަންކަން ހިނގާދިޔަ ގޮތް ބަލައި ސަލާމަތީ ގޮތުން އަޅަންޖެހޭ އެންމެ މަތީ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ތަފާތު ވައްރުގެ ވައިގެ ދަތުުރުފަތުރު ރާއްޖެއަށް ތައާރަފް ކުރުމުގެ މަސައްކަތް ކުރައްވަމުން ދާކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ އާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރުގެ ހައިސިއްޔަތުން މިއަދު ދެއްވި ހިތޯބެއްގައި މިނިސްޓަރު ޒަމީރު ވަނީ ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355